ރާނީ މުކަރުޖީ

"މަރްދާނީ 2" ޕްރޮމޯޓް ކުރަން ރާނީ އަސްލު އެންކަރަކަށް

އަސްލު އެންކަރެއްގެ ގޮތުގައި ތައާރަފުވާން ރާނީ މުކަރުޖީ ތައްޔާރު ވެއްޖެ އެވެ. މިއީ ރާނީގެ "މަރްދާނީ 2"ގެ ޕްރޮމޯޝަނަލް ކެމްޕެއިންގެ ބައެކެވެ. މި ފިލްމަކީ އިންޑިއާގައި އަންހެނުންނަށް އުމުރުން ހަގު ކުޑަކުދިން ދޭ އަނިޔާތަކާއި ކުރާ ކުށްތަކާ ގުޅޭ މައުލޫއަކަށް އުފައްދާ ފިލްމެކެވެ. އެހެންވެ މި ފިލްމު ޕްރޮމޯޓްކުރުމަށް އިންޑިއާގެ އެންމެ މަޝްހޫރު އެއް ނިއުސް ޗެނަލްގެ އެންކަރެއްގެ ގޮތުގައި ރާނީ މިފަދަ ޚަބަރުތަކެއް ކިޔައިދޭނެ އެވެ.

މި ފިލްމުގެ ސަބަބުން މިފަދަ ކުށްތަކާ މެދު އިންޑިއާގެ ފިރިހެނުން ހޭލާނެ ކަމަށް ރާނީ އުންމީދު ކުރެ އެވެ.

ރާނީ ބުނި ގޮތުގައި އޭނާ އަކީ މޫދު ދެކެ ވަރަށް ބިރުގަންނަ މީހެކެވެ. އެހެންވެ މި ފިލްމުން އެ ބިރު ފިލުވާލަން އޭނާ މަސައްކަތް ކުރި އެވެ. އެގޮތުން ފިލްމުގައި ކަނޑުއަޑީގެ އެކްޝަން ސީކުއެންސެއް ކުޅެފައިވާނެ ކަމަށް ރާނީ ބުންޏެވެ.
ފުރަތަމަ ސްކްރިޕްޓް އަޑުއަހާފައި އޭގައި ކަނޑު އަޑީގެ މަންޒަރެއް ހިމެނޭތީ އެންމެ ފުރަތަމަ ވަރަށް ބިރުގަނެ ޖެހިލުންވި އެވެ.

"އަހަރެންނަށް ފަތާކަށް ނޭނގޭ. ޕޫލަށް އެރެން ވެސް ބިރުގަނޭ. ފަތަން ދަސްކުރަން ވެސް ވަރަށް މަސައްކަތްކުރިން އެކަމަކު އެކަމެއް ވެސް ނުވި. އެހެންވެ ސްކްރިޕްޓް ބަދަލުކޮށް އެ މަންޒަރު އޭގައި ނުހިމަނާ ވޭތޯ ވެސް ވަރަށް މަސައްކަތް ކުރިން. ނަމަވެސް އެ މަންޒަރަކީ ފިލްމަށް ވަރަށް މުހިއްމު މަންޒަރަކަށް ވާތީ އެ މަންޒަރު ކުޅެން އެއްބަސްވީ،" ރާނީ ބުންޏެވެ.

ފަހުން ވަރަށް ހިތްވަރުކޮށްފައި ރާނީ ވަނީ ކޯޗެއްގެ ކައިރިން ފަތަން ދަސްކޮށް ކަނޑު އަޑީގައިއުޅެން ވެސް ދަސްކޮށްފަ އެވެ. ރާނީ ބުނި ގޮތުގައި މޫދުގައި ފަތަން ނުކެރުނަސް ޔަގީނުން ވެސް މިހާރު ސްވިމިން ޕޫލްގައި ފަތަން އޭނާއަށް ކެރޭނެ އެވެ.

ގޯޕީ ޕުތުރަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަންހެންކުދިންނަށް ކުރެވޭ އަނިޔާތަކާ ބެހޭ ގޮތުން ވަރަށް ބޮޑަށް އަލިއަލުވާލާފައިވާނެ ކަމަށް ރާނީ ބުންޏެވެ.

ރާނީގެ ފިރިމީހާ އަދިތުޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް އިން އިން ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރާނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.