ހަބަރު

އޮޑިޓް އޮފީސް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަނީ

އޮޑިޓާ ޖެނެރަލް އޮފީސް ކޮށްދޭނެ ފަރާތެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއުލާން ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ އޯޑިޓް އޮފީސް އޮޑިޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 11 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން އެއް ލައްކަށް ރުފިޔާއަށްވުރެ އަގު ބޮޑު ނުވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އޮޑިޓް ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކޮމިޓީއަކުން ކޮންމެ އަހަރުވެސް އޮޑިޓް ޖެނެރަލް އޮފީހުގެ އޮޑިޓެއް ހަދަން މުސްތަގިއްލު އޮޑިޓަރަކު އައްޔަން ކުރަން ޖެހެއެވެ. ކޮންމެ މާލީ އަހަރެއް ނިމޭ ދުވަހުން ފެށިގެން ގާނޫނު ބުނާ އޮޑިޓަރަކު އައްޔަންކޮށް މަސައްކަތް ހަވާލު ކުރަންވާނެ އެވެ. އޮޑިޓް ކުރުމަށްފަހު، އޮޑިޓް ރިޕޯޓް ތައްޔާރުކުރި ފަރާތުން ތިން މަސް ދުވަސް ތެރޭ ރައީސް އަދި ރައްޔިތުންގެ މަޖިލީހަށް ރިޕޯޓް ފޮނުވަން ޖެހެ އެވެ.