ހުޅުމާލެއިން މީހަކު ސަލާމް ގޮވާލައިފި އެވެ. މި ބައްދަލުވީ މަޝްހޫރު ފޯނު ފިހާރަ، "ޑްރީމްސް މޮބައިލް" ގެ ވެރިޔާ، އިބްރާހިމް ހުސެއިން (އިއްބެ) އެވެ. އެކަމަކު މިހާރު އިއްބެ މި ހުންނެވީ އޭނާގެ ފޯނު ފިހާރަތަކުގެ ތެރެއިން ފިހާރައެއްގެ ދޮރުމައްޗަކު ނޫނެވެ. އަދި ވާހަކަ ފެއްޓެވީ އާދަވެ ވާހަކަފުޅު ދައްކަވާ ގޮތަށް ފަހުގެ ފޯނުތަކުގެ ވާހަކައަކުން ވެސް ނޫނެވެ. އިއްބެ ހުންނެވީ ހުޅުމާލޭގައި ހުންނަ އޭނާ ޑްރީމްސް ގްރޭންޑު ހޮޓަލުގެ ތިރީގައި ހުޅުވާފައިވާ ކުޑަކުޑަ އެކަމަކު ރީތި ރެސްޓޯރެންޓުގެ ކުރިމަތީގަ އެވެ.
އެތެރެއަށް ވަދެލަން ދިން ދައުވަތަށް ވަނުމާއެކު ގާތުގައި ހުރި ޒުވާން ކުއްޖަކު ދައްކާފައި އިއްބެ ވިދާޅުވި އެވެ: "މިއީ އަޅުގަނޑުގެ ދަރިފުޅު. މި މުޅި ތަން ފަރު މާކުރީ ވެސް މި ދަރިފުޅު،"
އިއްބެ އެހެން ވިދާޅު ނުވި ނަމަވެސް ރެސްޓޯރެންޓްގެ އެތެރެއަށް ބަލައިލުން އެއީ މި ޒަމާނުގެ ޒުވާނެއްގެ ސިކުނޑިން ނެރެފައިވާ ހިޔާލެއްކަން ވަރަށް ރީއްޗަށް އެނގޭވަރު ވެއެވެ. މި ރެސްޓޯރެންޓުގެ އިންޓީރިއާ މުޅިންމެ ތަފާތެވެ. މި ހިޔާލުގެ ވެރިޔައަކީ އިއްބެގެ ދަރިފުޅު މުހައްމަދު ކިޔާން އިބްރާހީމެވެ. -- ކިޔާންގެ އެ ވާހަކަ އެހެން ފަހަރަކުން ދައްކާނީ އެވެ. ސަބަބަކީ މި ތަނުގެ ރީތި ކަމާއި ފުރިހަމަ ކަމަށް ވުރެ، ތަނުން ލިބެން ހުރި ކެއުންތައް ފުރިހަމަވެފައި މުހިންމުވީމައި އެ ވާހަކަ އިސް ކުރަންޖެހޭތީ އެވެ.
ފުރިހަމަ ތަމްރީނު ލިބިފައިވާ ވޭޓަރަކު ގެނެސްދިން ދެ މެނޫގެ ތެރެއިން އެއް މެނޫ ހާއްސަކޮށްފައިވަނީ ޕިއްޒާ އަށެވެ. އެެންވެ ކުޑައިރު ކޮޅަކަށް ހުއްޓޭ ގޮތްވި އެވެ. މި ހާއްސަ ރެސްޓޯރެންޓުގައި ޕިއްޒާ ވިޔަފާރިވެސް އެބައޮތް ހެއްޔެވެ؟ އެވެސް އިއްބެގެ ޑްރީމެއް ހެއްޔެވެ؟
އިއްބެ އާއި ކިޔާގެ ދެބަފައިން ހުޅުމާލޭގައި ހުޅުވާފައިވާ މި ރެސްޓޯރެންޓްގެ ހިދުމަތް މިއޮތީ ދެފޮތި ކޮށްލާފަ އެވެ. އެއީ "ޑްރީމްސް ޕިއްޒާ" އާއި "ޑްރީމް ޑައިނާ" އެވެ. އެކަމަކަކު މިފަހަރު ލިޔާނީ ޑްރީމް ޕިއްޒާގެ ވާހަކަ އެވެ.
"ޔަގީންކަން އަޅުގަނޑު މި ދެނީ މި ޕިއްޒާ މުޅިން ތަފާތު ވާނެ! އަޅެ އޯޑަރު ކޮށްބަލަ... އަޅުގަނޑުމެ ހަމަ ތިބެފައި އެއްޗަކަށް އެއްޗެއް ހަދަނީއެއް ނޫން. ރަނގަޅަށް ދިރާސާކޮށްފައި ޕިއްޒާ ސާވިސް މި ގެނެސްދިނީ. ޔަގީން ތަފާތު ވާނެ،" ޑްރީމްސް ޑައިނާ ރެސްޓޯރެންޓުގައި ހުންނަވައިގެން އިއްބެ ވިދާޅުވި އެވެ.
އިއްބެއަށް އިތުބާރު ކުރަންޖެހެ އެވެ. އޭނާ އިސްވެ ރާއްޖެއަށް ގެނެސްދޭ ކޮންމެ އެއްޗެއް ތަފާތުވެފައި ފުރިހަމަ ވާނެކަން މީގެ ކުރީން ވަނީ ޔަގީން ކޮށްދީފަ އެވެ. އެއީ މީހުން ދަންނަ، ތައުރީފު އޮންނަ ކަމެކެވެ. އެކަން މުޅީން ކަށަވަރު ކޮށްދެނީ އޭނާގެ "ޑްރީމްސް" ގެ ވިޔަފާރިންނެވެ. ފޯނު ވިޔަފާރިއަށް އިންގިލާބީ ބަދަލުތަކެއް އޭނާ ގެނެސް ދެއްވި އެވެ.
ދަރިފުޅު ކިއާން ކުރީގައި ބަހައްޓައިގެން އިއްބެ އަލަށް ފެއްޓެވި ޕިއްޒާ ވިޔަފާރީގައި އެ ބަދަލު ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތެވެ. އެ ދެބަފައިން ވެސް ތިބީ އެ ޗެލެންޖު ނަގާ ގޮތަށެވެ.
ޑްރީމްސް ޕިއްޒާ ތަފާތު ކުރަން، އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ތަޖުރިބާކާރުން ވަނީ ރާއްޖެ ގެނެސްފަ އެވެ. އިއްބެގެ މި ރެސްޓޯރެންޓުގައި މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ ހައި ކޮލިޓީ ރެސްޓޯރެންޓުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިތިބި މަތީ ފެންވަރުގެ ޝެފުންނެވެ.
"މިތަނުގައި މަސައްކަތް ކުރަނީ އެންމެ ފެންވަރު ރަނގަޅު ޝެފުން. ސްރީލަންކާގެ މައުންޓް ލެވެނިޔާ ފަދަ ތަންތަނުގައި އުޅެފަތިބި މީހުން މިތާ އުޅޭނެ. އެހެންވީމަ، އެ މީހުންގެ އެންމެ މަތީ ފެންވަރު އެބަ ޖެހޭ ފެންނަން. އެގޮތަށް ބަލާއިރު ކަސްޓަމަރުންނަށް މީރު ތަފާތު އެއްޗެއް ގެނެސްދޭން ބެލިއިރު އެންމެ ފާހަގަ ކުރެވޭ އެކައްއްޗަކަށް މި ފެނުނީ ޕިއްޒާ. އެހެންވެ ޕިއްޒާ މި ތައްޔާރު ކުރީ،" އިއްބެ ވިދާޅުވި އެވެ.
"ޑްރީމްސް ޕިއްޒާ" ލިބޭނީ ހަމައެކަނި މި ރެސްޓޯރެންޓުން އެކަންޏެއް ނޫނެވެ. ޑްރީމްސް ޕިއްޒާ މާލެ އާއި ހުޅުމާލޭގެ ގޭގެ ސިޓިން ރޫމްއާ ހަމައަށް ގެންގޮސްދެ އެވެ. މީގެ އިތުރުން ޑްރީމްސް ޕިއްޒާގެ އެންމެ މުހިންމު ކަމަކީ ރަހަ މީރު ކަމާއެކު އަގު ހެޔޮ ވުމެވެ. ކަސްޓަމަރުންނަށް އޮތް ހިތްހަމަ ޖެހުމާއި ލުޔަކީމި އެވެ. ޑްރީމްސް އިން ކުކުޅާއި ބީފް އަދި ހަވާއީ ޕިއްޒާ އާއި މިނޫން ވެސް ގިނަ ރަހަތަކެއް ގެނެސްދެނީ ބީޓް ނުކުރެވޭނެ ހެޔޮ އަގުގަ އެވެ. ޓެސްޓަކަށް ވިޔަސް މިއަދު އޯޑަރޮށްލާށެވެ.
"އެންމެ ބޮޑު މަގުސަދަކީ މޮޅު ކޮލިޓީގައި މޮޅު އެއްޗެއް ގެންގޮސް ދިނުން. ހަމަ ޗެލެންޖުކޮށްފައި މި ބުނަނީ އަޅުގަނޑުމެންގެ އަގުތައް ހެޔޮވެފައި، ރަހަ ރަނގަޅު ވާނެ އިރާދަ ކުރެއްވިއްޔާ،" އިއްބެ ވިދާޅުވި އެވެ.
ޑްރީމްސް ޕިއްޒާގެ އަނެއް ތަފާތަކީ މި ތައްޔާރު ކުރަނީ އެންމެ ފެންވަރު މަތީ އުފެއްދުންތައް ބޭނުން ކުރުމެވެ. ހާއްސަކޮށް ބޭނުންކޮށްފައި ހުންނަ ޗީޒާއި އެނޫން ބާވަތްތަކަކީ ފެންވަރު ރަނގަޅު ބްރޭންޑުތަކެވެ. އިއްބެގެ ހުވަފެނަކީ ކިތަންމެ އަގު ބޮޑު އެއްޗެއް ގެނެސްގެން ވެސް ކަސްޓަމަރުން ހިތްހަމަ ޖެހޭ ރަހަ ގެނެސް ދިނުމެވެ. ޑްރީމްއަކީ އެއީ އެވެ. އިއްބެ އާއި ކިޔާންގެ ވާހަކަ އަންނަ "ޑްރީމްސް ޑައިނާ" އަދި އޮތީ އެވެ. އެކަމަކު އެހެން ފަހަރަކުންނެވެ.