އަންހެނުން

ދަރިންގެ ޒިންމާތައް އެއްވަރަކަށް ނެގުމަކީ ޒަވާޖީހަޔާތުގެ އަރާމުބޮޑުކޮށްދޭ ކަމެއް

Aug 25, 2015

ދަރިންގެ ޒިންމާތައް ދެމަފިރިން އެއްވަރަކަށް ނެގުމަކީ ދެ މީހުންގެ ޒަވާޖީހަޔާތުގެ "ސެކްސް ލައިފް" ގެ ފޯރިގަދަކޮށް އުފާވެރިކަން ބަންޑުންކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކަން ސޯޝިއޯލޮޖިކަލް އެސޯސިއޭޝަނުން 487 އާއިލާއެއް ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައިވާ މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން އާއިލީ ޒިންމާތައް ދެމަފިރިންގެ މެދުގައި އެއްވަރަކަށް ބަހާލައިގެން އުޅޭ ނަމަ ދެމަފިރިންގެ ޖިންސީ ގުޅުން ބޮޑުވެ ހިތްހަމަޖެހުން މަތިވެގެންދާއިރު ނަފްސާނީ ގޮތުން ދެމަފިރިންނަށް ލިބޭ ފުރިހަމަކަން ވެސް ބޮޑެވެ.

ނަމަވެސް އާންމުކޮށް ފެންނަނީ ދަރިން ބެލުމުގެ މަސައްކަތުގައި އެކުދިންގެ މަންމަމެން އެކަނި އުޅޭތަނެވެ. ދިރާސާ އިން ދެއްކި ގޮތުން ދަރިން ބެލުމުގެ ޒިންމާގައި މަންމަމެން އުޅެނީ އެ ކުދިންގެ ބައްޕަމެންނަށް ވުރެ 60 ޕަސެންޓްކުރީގަ އެވެ.

އަދި މިފަދަ ދިރިއުޅުމެއްގައި އުޅޭ ދެމަފިރިންގެ ހަޔާތް އުފާވެރި ނޫންކަން ވެސް ދިރާސާ އިން އެނގިފައިވެ އެވެ.

ދަރިންގެ ޒިންމާތައް ހަމައެކަނި މަންމަގެ ބޮލަށް ޖަހާލާފައިވާ ދެމަފިރިންގެ ދިރިއުޅުންތަކުން އުފާވެރިކަން ގެއްލިގެންދާއިރު އޭގެ ނިކަން ބޮޑު ސަބަބަކަށް ވެފައި އޮންނަނީ ދެމަފިރިންގެ ސެކްސް ލައިފް ހަރާބުވުމެވެ.

ދިރާސާކުރިއަށް ގެންދިޔަ ޓީމުން ބުނެފައި ވަނީ ދަރިފުޅުގެ މަންމައާ އެއްވަރަކަށް އޭނާގެ ބައްޕަ އަށް ދަރިފުޅުގެ ކަންކަމުގައި އުޅެވިދާނެ ކަމަށާއި މި ޒަމާނުގައި ދަރިން ފެންވަރުގައި ރީތިކޮށް ބުއްފުޅި ދިނުމުގައި ވެސް އެ ކުދިންގެ ބައްޕަމެންމަށް ނޫޅެވެންވީ ސަބަބެއް ނެތް ކަމަށެވެ.