ކައުންސިލަރުންނާއި، މޭޔަރު ވެސް މަޖިލީހަށް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިިލީހުގެ ލާމަރުކަޒީ ކޮމެޓީ ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އިސްލާހު ހުށައެޅުއްވުމުން ލާމަރުކަޒީ ކޮމެޓީން ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން ބައެއް އިސްލާހުތަކަކީ ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަނުމަށް ގެންނަމުންދާ ބަދަލުތަކެއްް ކަމަށް ބައެއް ބޭފުޅުން ވަނީ ސިފަކޮށްފައެވެ. -އެ ކޮމެޓީގެ ބައެއް ނިންމުންތަކަކީ މުހިންމު ނިންމުންތަކެއްކަންވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ-
ކައުންސިލަރުންނާއި، މޭޔަރު ވެސް މަޖިލީހަށް ވަކިކުރެވޭ ގޮތަށް ނިންމަން މަސައްކަތް ކުރާތީ އެކަމާ މަޖިލީސް މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ ކަމަށެވެ. އަދި ރަށެއްގެ ރައްޔިތުން އެ ރަށަކަށް ޚިދުމަތް ކުރަން ހޮވާފައި ހުންނަ ކައުންސިލަރަކާއި މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއަކަށް ނިންމުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ. ރަށެއްގެ ރައްޔިތުން އެ ރަށަކަށް ޚިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާއި މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިންމިގެން ނުވާނެއަލީ ހުސައިން | ކެންދޫ ދާއިރާގެ މެންބަރު
ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ބަހެއް ނެތި ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ވަކިކުރުން އެއީ ރަގަޅު ގޮތެއް ނޫން ކަމަށެވެ.
އަދި ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރުން ނުވަތަ ކައުންސިލަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ބަހެއް ނެތި ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ވަކިކުރުން އެއީ ރަގަޅު ގޮތެއް ނޫން. ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރުން/ކައުންސިލަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ.އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު
ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ނިންމި ނިންމުމާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ޖަމީލް ވިދާޅުވީ ކައުންސިލަރުންނާއި މަޖިލިސް މެންބަރުންވެސް ހޮވަނީ ރައްޔިތުންގެ ވޯޓުން ކަމަށްވީއިރު މަޖިލީހުން ކައުންސިލަރުން ވަކިކުރެވޭ ގޮތަށް އޮތުމުން ކައުންސިލްތައް އަޅުވެތިވާނެ ކަމަށެވެ. އަދި ސަރުކާރަށް ތާއީދު ނުކުރާ ކޮންމެ ކައުންސިލެއް އުވާލުމުގެ ބާރު ގާނޫނުއަސާސީން މަޖިލީހަކަށް ނުދޭ ކަމަށް ވިދާޅުވިއެވެ.
ކައުންސިލަރުންނާއި މަޖިލިސް މެންބަރުންވެސް ހޮވަނީ ރައްޔިތުންގެ ވޯޓުން. މަޖިލީހުން ކައުންސިލަރުން ވަކިކުރެވޭ ގޮތަށް އޮތުމުން ކަތީބުންގެ ޒަމާން އިއާދަވެ، ކައުިންސިލްތައް އަޅުވެތިވާނެ. ސަރުކާރަށް ތާއީދުނުކުރާ ކޮންމެ ކައުންސިލެއް އުވާލުމުގެ ބާރު ގާނޫނުއަސާސީން މަޖިލީހަކަށް ނުދޭޑރ. މުހައްމަދު ޖަމީލް | ކުރީގެ ނާއިބް ރައީސް
ކައުންސިލަރުންނާއި، މޭޔަރު ވެސް މަޖިލީހަށް ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ކުރާ މަސައްކަތްތަކާއިމެދު ގިނަ ކައުންސިލަރުންނާއި އާންމުންވެސް ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.
މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ވަނީ ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ނުކޮށް އިހުމާލުވާ ނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުން ދާކަން ފާހަގަ ކުރެއްވިޖެ ނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަގާމުން ވަކިި ކުރުމުގެ ގޮތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭއަށް ދިނުމަށް ހިމަނާފަ އެވެ.