ވިޔަފާރި

ލޯނުތަކަށް މި އަހަރު ދެއްކީ ލަފާކުރި ވަރަށްވުރެ ކުޑަކޮށް

Dec 5, 2019
1

ރާއްޖޭން ނަގާފައިވާ ލޯނު ތަކަށް ދެއްކި ފައިސާގެ އަދަދު ކުރިން ލަފާކުރި ވަރަށް ވުރެ މަދުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ލޯނު ތަކަށް ދައްކާފައިވަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ބަޖެޓުގައި ލޯނު ތަކަށް ދައްކަން ތިން ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ގިނަ އަދަދެއްގެ ލޯނު ވަނީ ނަގާފަ އެވެ. އަދި މި ސަރުކާރުން ވެސް ދަނީ ލޯނު ނަގަމުންނެވެ. މި ލޯނުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި ވަނީ ބޮޑުތަން މަތިވެފަ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރުގެ ފަހު ކުއާޓާގެ ޑެޓް ބުލެޓިންގައި ވާ ގޮތުން 2016 އަހަރުގެ ޑިސެމްބަރު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި 18 ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ.