ވިޔަފާރި

ވޯލްޑް ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑު ރާއްޖެ އަށް

Dec 6, 2019
1

ވޯލްޑް ޓްރެވަލް އެވޯޑުގައިދޭ، ވޯލްޑް ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑު، މި އަހަރު ވެސް ރާއްޖެ އަށް ލިބިއްޖެ އެވެ.

ރާއްޖެ އަށް މީގެ ކުރިން ވެސް ލިބިފައިވާ ވޯލްޑް ޓްރެވަލް އެވޯޑު މި ފަހަރު ރާއްޖެ އަށް ހަވާލުކޮށްފައިވަނީ އޮމާންގެ ވެރަށް މޮސްކަޓުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ޓްރެވަލް އެވޯޑުގެ ހަފުލާގަ އެވެ. ރާއްޖެއިން މި އެވޯޑާ ހަވާލުވީ ސައުދީ އާއި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު އެވެ.

މި އެވޯޑު މީގެ ކުރިން ރާއްޖެއަށް ތިން ފަހަރެއްގެ މަތިން ލިބިފައިވެ އެވެ. މި އެވޯޑު މީގެ ކުރިން ރާއްޖެއަށް ލިބިފައިވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ.

ރާއްޖެ އަށް ވޯލްޑް ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑު ލިބިފައިވަނީ، ދުނިޔޭގެ ގިނަ ގައުމުތަކާ ވާދަކޮށްގެންނެވެ. މި އެވޯޑުގައި ރާއްޖެއާ ވާދަކޮށްފައިވަނީ މެކްސިކޯ އާއި ފިލިޕީންސް އަދި ތައިލެންޑުގެ އިތުރުން ގްރީސް އަދި ޕަޕުއާ ނިއުގިނީ ފަދަ ގައުމުތަކެވެ.