ވިޔަފާރި

ސިމްޑީ އިން ހުސް އަންހެނުން މަސައްކަތް ކުރާ ރެސްޓޯރެންޓެއް

Dec 8, 2019
6

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި، ސިމްޑީ އިން ހުސް އަންހެން މުވައްޒަފުން މަސައްކަތް ކުރާ ރާއްޖޭގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވައިފި އެވެ.

"ލީވޯ" ގެ ނަމުގައި ހުޅުމާލޭގައި ސިމްޑީ ކުންފުނިން ހުޅުވި މި ރެސްޓޯރެންޓުގައި ދިވެހި އަންހެނުން މަސައްކަތް ކުރާއިރު، މި ތަނުގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގައި މިހާތަނަށް ހުޅުވި ހުސް އަންހެން މުވައްޒަފުން މަސައްކަތް ކުރާ ހަމައެކަނި ރެސްޓޯރެންޓަށްވުމެވެ. މި ރެސްޓޯރެންޓުގެ ހުރިހާ މަސައްކަތްތަކެއްގައި ވެސް އުޅޭނީ އަންހެނުންނެވެ.

ސިމްޑީ ކުންފުނިން ބުނި ގޮތުގައި ލީވޯގައި ދިވެހިން ޝައުގުވެރިވާނެ ތަފާތު ޑިޝްތަކެއް ތައްޔާރު ކޮށްފައި ހުންނާނެ އެވެ. މި ތަނުގައި ވޭޓަރުން އިން ފެށިގެން ޝެފުންނާ ހަމައަށް މަސައްކަތް ކުރާނީ ހުސް އަންހެނުން ކަމަށެވެ.

މި ރެސްޓޯރެންޓުގެ ހާއްސަ އެއް ކަމަކީ ޕޭސްޓްރީގެ ބާވަތްތަކާއި ޕާސްތާ ފަދަ ތަކެތި މި ތަނުގައި އަމިއްލަ އަށް އުފެއްދުމެވެ.

ލީވޯ ރެސްޓޯރެންޓުގައި ހާއްސަ ހަތް މެނޫއެއް ހުރެ އެވެ. ހެނދުނުގެ ސަޔަށް ހާއްސަ މެނޫއަކާއި މެންދުރުގެ ކެއުމަށް ހާއްސަ މެނޫއެއްގެ އިތުރުން މީރު ފޮނި ކާތަކެތި ހިމެނޭ ގޮތަށް މެނޫއެއް ހިމެނެ އެވެ. މީގެ އިތުރުން ޕިއްޒާ އަށް ހާއްސަ މެނޫއަކާއި ސޫޝީ އަދި މީރު ބުއިންތަކަށް ހާއްސަ މެނޫއެއް ވެސް ހުރުމެވެ.