ހަބަރު

"ކަރަންޓުގައި ޖެހުނު މީހާގެ ހާލު އަންނަނީ ރަގަޅު ވަމުން"

ކަރަންޓުގައި ޖެހިގެން އިތުރު ފަރުވާއަށް މާލެ ގެނައީ މިއަދު --
0%
0%
0%

ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވި ފެނަކަ މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފި އެވެ.

ކަރަންޓުގައި ޖެހިގެން ފަރުވާ އަށް މާލެ ގެނައީ ގއ. ވިލިނގިލީ ބްރާންޗުގެ ޓެކްނީޝަން އެއް ކަމަށްވާ މުހައްމަދު މުފީދު އެވެ. ކަރަންޓުގައި ޖެހުނީ ވިލިނގިލީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކޯރު ކޮނުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކަ ކުންފުނިން އެ ކުންފުނީގެ މުވައްޒަފުގެ ހާލު ބަލަމުން އަންނައިރު މިއަދު ބުނެފައިވަނީ، މުފީދުގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް އައިޖީއެމްއެޗް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. ކަަރަންޓުގައި ޖެހިގެން އިތުރު ފަރުވާ އަށް މުފީދު މާލެ ގެނައީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

ވިލިނގިލީގައި ކަރަންޓް ޖެހި މީހެއްގެ ހާލު ސީރިއަސްވެފައިވާއިރު 2016 ވަނަ އަހަރުވެސް ހިނގި މިފަދަ ހާދިސާއެއްގައި އެރަށު ފެނަކައިގެ މުވައްޒަފަކު ވަނީ މަރުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345