ހަބަރު

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ޑިޒައިން ކުރުމަށް ހަވާލުކޮށްފި

ގއ. ގެމަނަފުއްޓާއި ގދ. ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ޑިޒައިން އަދި އީއައިއޭ ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރަނީ-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
0%
0%
0%

ގއ. ގެމަނަފުއްޓާއި ގދ. ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ޑިޒައިން އަދި އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ 507،104 ރުފިޔާ އަށް މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 18 ހަފުތާ ތެރޭގައި ނިންމާ ގޮތަަށް ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ އެވެ. އަދި ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން އިންޖިނިއަރު އަބްދުﷲ ނައުޝާދެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345