ޑރ. މުހައްމަދު މުއިއްޒު

މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެންނަނީ

މަޝްރޫއަކަށް ގެނެސްފައި ހުރި ބޮޑުހިލަ --
0%
0%
0%

ރާއްޖޭގެ ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެންނަން ނިންމައިފި އެވެ.

ގދ. ރަތަފަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ބޮޑުހިލަ ނެތުމުން ރަށްރަށުގެ ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.

އެގޮތުން ބަނދަރުތައް ތަރައްގީކުރުމާއި ބިން ހިއްކައި ތޮށިލުމުގެ މަޝްރޫއުތަކާއި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުތައް ބޮޑުހިލަ ބޭނުންވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އެގޮތުން އެކަމުގައި ބައެއް ކަންކަން ރާއްވަވައި ފައިސާ ހަމަޖައްސައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު ވަނީ ކަންތައްތަކެއް ރޭވިފައި އެކަން ކުރާނެ ގޮތްތަކެއް. ފައިސާވެސް ހަމަޖައްސައިދީފައި އޮންނާނީ އަޅުގަނޑު މިދިޔަ ހަފުތާ ނިމުނު ތަނުގައި،" ރައީސް ވިދާޅުވި އެވެ.

ބޮޑުހިލަ ބަލްކްކޮށް ގެންނަން ނިންމައި އެކަމަށް ފައިސާ ހަމަޖެއްސި ކަމަށް ވިދާޅުވި ނަމަވެސް އެ އަދަދެއް ރައީސް މުއިއްޒު ވިދާޅެއްނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910