ޑރ. މުހައްމަދު މުއިއްޒު

ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި ހަމަހަމަކަމާއެކު ހިދުމަތް ދޭނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގދ. ރަތަފަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހަމަހަމަކަމާއެކު ހިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގދ. ރަތަފަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމަކީ އެންމެ އާބާދީ ބޮޑު ރައްޔިތުން ބޭނުންވެގެން ކޮށްދެމުންދާ ކަންކަން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އަދި ސިޔާސަތަކީވެސް ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކީގައި ހިދުމަތް ދިނުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ރަށްރަށަށް ދަތުރު ކުރައްވަނީ ރައްޔިތުން ބޭނުންވާ އޮޅުންފިލުއްވައި އެކަންކަމަށް އަމަލީ ގޮތުން ނަތީޖާ ނެރެދިނުމަށެވެ.

ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ފެށުމަށް މިއަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށާއި ނުފެށި ހުރި މަޝްރޫއުތައް އަންނަ އަހަރު ފަައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން 2025، 2026 އަދި 2027 ހިމެނޭ ގޮތަށް މި ތިން އަހަރުގެ ތެރޭގައި ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތަކާއި މެނިފެސްޓޯގައިވާ ވައުދުތަކުގެ އިތުރުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުން ހިއްސާކުރާ ކަންބޮޑުވުންތަކަށް ނަތީޖާ ގެނެސްދިނުމަށް މަސައްކަތްކުރާނެ ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ރަތަފަންދޫ ބަނދަރު މަޝްރޫއު މި އަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. ރަތަފަންދޫ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ސްކޫލުގެ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ރަށުގައި ވޮލީ ކޯޓަކާއި އިންޑިއޯ ޖިމެއްގެ އިތުރުން ވަސީލަތްތަކާއެކު ޔޫތު ސެންޓަރެއް ގާއިމުކޮށް ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345