ހަބަރު

އައްޑޫ އާއި ފުވައްމުލަކުގައި އަޅާފައިވާ ފްލެޓްތައް ހަވާލު ކުރަނީ

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި އަޅާފައިވާ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ފްލެޓުތައް ލިބިފައިވާ މީހުންނާ ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިހާރު ކުރިއަށްދަނީ ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްބަސްވުމުގައި ސޮއިނުކުރެވި ތަން ހަވާލުނުކުރެވި ހުރި ފަރާތްތަކާއި އެކު އެއްބަސްވުމުންތައް ހެދުމުގެ މަސައްކަތް ކަަމަށެވެ.

މިނިސްޓްރީން ބުނީ މީގެ ކުރިންވެސް އައްޑޫ އަދި ފުވައްމުލަކުގައި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ސޮއިކޮށް ތަން ހަވާލުކުރުމުގެ ދެވަނަ ބުރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް ކަމަށެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހިތަދޫގައި 264 ފްލެޓު، ހުޅުދޫގައި 48 ފްލެޓު އަދި ފުވައްމުލަކުގައި ވަނީ 200 ފްލެޓު އިމާރާތްކޮށްފަ އެވެ. ފްލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާއިރު މީގެ ކުރިން އެއްބަސްވުމުގައި ސޮއިކޮށް ތަނާއި ހަވާލުވި ބައެއް ފަރާތްތަކުން ވަނީ މިހާރު ފްލެޓުތަކުގައި ދިރިއުޅެން ފަށައިފަ އެވެ.