ހަބަރު

ގުޅުން ބަދަހި ކުރަން މަޖިލީހާއި ލޮކްސަބާ އާއެކު އެއްބަސްވެއްޖެ

ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަފުދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގަ އެވެ.
އެގޮތުން، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކްސަބާއާއި ރައްޖޭގެ މަޖިލީހާއެކު ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސޮއި ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. ލޮކް ސަބާގެ ފަރާތުން ސޮއި ކުރެއްވީ ލޮކް ސަބާގެ ރައީސް ޝްރީ އޯމް ބިރްލާ އެވެ. މި އެއްބަސްވުމުގެ ދަށުން މަޖިލީހުގެ އިދާރީ މުވައްޒިފުންނަށް ތަމްރީން ދޭނެ ކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފުދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ކުރާ ގެއަށްވެސް މިއަދު ވަނީ ޒިޔާރަތްކުރައްވާފަ އެވެ.