ވިޔަފާރި

އޮކްޓޫބަރު މަހު އިންފްލޭޝަން 0.28 ޕަސެންޓް މަތިވެއްޖެ

Dec 10, 2019
2

އޮކްޓޫބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.28 ޕަސެންޓް މަތިވެއްޖެ އެވެ.

ނޭޝަނަލް ޕްލޭނިން އިން ނެރެފައިވާ ކޮސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރު މަހު މަތިވިނަމަވެސް ސެޕްޓެމްބަރު މަހުގެ އިންފްލޭޝަން ހުރީ 0.23 ޕަސެންޓް ދަށުގަ އެވެ. އަދި މަހުގެ އަގަށް އައި ބަދަލު ނުލައި ބަލާނަމަ އޮކްޓޫބަރު މަހުގެ އިންފްލޭޝަން ހުރީ 0.43 ޕަސެންޓު މަތީގަ އެވެ. މި އަދަދު މިދިޔަ ސެޕްޓެމްބަރު މަހު ހުރީ 0.27 ދަށުގަ އެވެ.

އޮކްޓޫބަރު މަހު އިންފްލޭޝަން އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ ތަރުކާރީގެ ބައިން ނެވެ. ތަރުކާރީގެ ބައިގެ އިންފްލޭޝަން 8.27 ޕަަސެންޓް މަތިވެފައިވެ އެވެ. އަދި ފޯނު ކޯލާއި ހިދުމަތުގެ ބައިގެ އިންފްލޭޝަން 2.29 ޕަސެންޓް މަތިވެފައިވެ އެވެ. މީގެ އިތުރުން ކުލީގެ ބައިގެ އިންފްލޭޝަން 0.84 ޕަސެންޓް މަތިވެފައިވާއިރު، މުއާސަލާތީ ހިދުމަތުގެ ބައިގެ އިންފޭޝަން 0.66 ޕަސެންޓް މަތިވެ، ބޯފެނުގެ ބައިގެ އިންފްލޭޝަން 0.64 ޕަސެންޓް މަތިވެފައިވެ އެވެ.

އޮކްޓޫބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ހިމެނޭ މަހުގެ އިންފްލޭޝަން 3.31 ޕަސެންޓް މަތިވެފައިވެ އެވެ. އަދި މޭވާގެ ބައިގެ އިންފްލޭޝަން 2.09 ޕަސެންޓް ދަށްވެ، ކިރާއި ކިރުން އުފައްދާ ބައި އަދި ބިހުގެ އިންފްލޭޝަން 0.74 ޕަސެންޓް ދަށްވެފައިވެ އެވެ.