ހަބަރު

މާފުށިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

މާފުށިގެން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ އެވެ.

މާފުށީ ކައުންސިލުން ބުނީ އުމުރުން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށެވެ. އެ ކުއްޖާ ފެނުނީ ހޭނެތިފައި އޮއްވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ފުލުހުންވެސް ބުނީ މާފުށިގެން ގެއްލިގެން ހޯދަމުންދާ ކުއްޖާ ފެނިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ މިހާރު އޮތީ މާފުށީ ސިއްހީ މަރުކަޒުގައި ކަމަށެވެ.

ކުއްޖާގެ ހާލަތާއި ގުޅޭގޮތުން ހެލްތް ސެންޓަރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އުމުރުން 14 އަހަރުގެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ މިއަދު ހަވީރުއެވެ.