ހަބަރު

ރާއްޖޭގެ އެކްސްޕޯޓް 11 ޕަސެންޓް ދަށަށް

މިދޔަ ނޮވެމްބަރު މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު އިތުރުވި ނަމަވެސް އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސްއިން ބުނެފި އެވެ.

ކަސްޓަމުން އާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން، މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރު ޕަސަންޓް ވަނީ އިތުރުވެފަ އެވެ. އަދި އެކްސްޕޯޓް ކުރި މިންވަރު ވަނީ 11 ޕަސަންޓު ދަށްވެފަ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރު ޕަސެންޓް ވަނީ އިތުރުވެފަ އެވެ

ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގަކީ 4.3 ބިލިއަން ރުފިޔާ އެވެ. އަދި ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގަކީ 4.2 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން 405 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 454 މިލިއަން ރުފިޔާގައި އެވެ.


މިއާއެކު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ އެއް ޕަސަންޓަށް ދަށްވެފަ އެވެ. މިދިޔަ ނޮވެމްބަރު މަހު އިމްޕޯޓް-އެކްސްޕޯޓުން 265 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 268 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ނޮވެމްބަރު މަހު ރާއްޖޭން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކުރި ފަސް ގައުމަކީ ތައިލެންޑް، ފަރަންސޭސިވިލާތް، ޖަރުމަންވިލާތް، އެމެރިކާ އަދި އިނގިރޭސިވިލާތެވެ.

އެ ގައުމުތަކަށް މިދިޔަ މަހުވެސް، ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރީ، ފިނިކުރި ކަޅުބިލަމަހެވެ. އެގޮތުން 71 މިލިއަން ރުފިޔާގެ ފިނިކުރި ކަޅުބިލަ މަސް ރާއްޖެއިން ބޭރުކުރި އިރު އެއީ، އެކްސްޕޯޓްގެ 32 ޕަސެންޓެވެ. އަދި ދެވަނައަށް އެންމެ ގިނައިން ބޭރު ކުރީ ރީދޫ އުރަހަ ކަންނެއްޏެވެ. އެއީ އެކްސްޕޯޓްގެ 13 ޕަސެންޓް ކަމަށްވާއިރު، އެ ބާވަތުގެ 29 މިލިއަން ރުފިޔާގެ މަސް ބޭރުކުރި އެވެ