ވިޔަފާރި

މޯލްޑިވިއަން އައްޑޫ އާއި ހުވަދޫ ދަތުރުފަތުރުން ގުޅާލަނީ

Dec 13, 2019
2

ގައުމީ އެއާލައިން މޯލްޑިވިއަން އިން އައްޑޫ އާއި ހުވަދު އަތޮޅާ ދެމެދު އުދުހުންތައް ފަށަން ނިންމައިިފި އެވެ.

ގައުމީ އެއާލައިން އިން ބުނެފައިވާ ގޮތުގައި އައްޑޫ-ހުވަދޫ ފްލައިޓް ދަތުރު އާދިއްތަ ދުވަހު ފަށާނެ އެވެ. މި ދަތުރުތަކުގެ އިތުރު ތަފުސީލެއް އެ ކުންފުނިން ނުދެ އެވެ.

ނަމަވެސް، އައްޑޫ މަގު ހެދުމުގެ މަސައްކަތް ހަވާލު ކުރަން އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަން އިން ހުވަދު އަތޮޅާއި އައްޑޫއާ ދެމެދު ހަފްތާ އަކު ހަ ފްލައިޓް ބާއްވަން ފަށާނެ ކަމަށެވެ.

"އޭޕްރީލް މަހުން ފެށިގެން އައްޑޫއާ ހުވަދޫއާ ދެމެދު ކުރާ ދަތުރުތަކުގެ ޝެޑިއުލްތައް ގަން އިންޓަނޭޝަަނަލް އެއާޕޯޓަށް ޖައްސާ ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލްއާ ދިމާކުރެވޭ ގޮތަކަށް ހަމަޖެއްސުމަށް މި ދަނީ މަސައްކަތް ކުރަމުން،" ފައްޔާޒު ވިދާޅުވި އެވެ.

ގައުމީ އެއާލައިން އިން ރާއްޖޭގެ 13 އެއާޕޯޓަކަށް ފްލައިޓް ބާއްވަ އެވެ. އެ ކުންފުނިން ދަނީ ބައެއް އެއާޕޯޓުތައް މެނޭޖުކޮށް ބަލަހައްޓަމުންނެވެ.