ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ-ރާއްޖެ ގުޅުން ވަރުގަދަ ކުރާނަން: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ބޮޑުވަޒީރުގެ ގެކޮޅުގައި ދިއްލީގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކިދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު މޯދީއަށް އެރުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.

މޯދީއާއި ބައްދަލު ކުރެއްވުމަށްފަހު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މޯދީއާއި ބައްދަލުވުމުން އުފާކުރައްވާ ކަަމަށާއި، ސަރަހައްދީ މައްސަލަތަކާއި، ދުނިޔޭގެ މައްސަލަތަކާއި ބެހޭ ގޮތުން މޯދީއާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ޕެރިސް ޓާގެޓްސްގެ އިތުރުން، އިޔާދަ ކުރަނިވި ހަކަތަ ހިމެނޭ ކަމަށެވެ.