ވިޔަފާރި

ފޯބްސްގެ ޓޮޕް 20 މަންޒިލުގެ ތެރޭގައި ރާއްޖެ

އަންނަ އަހަރު ޗުއްޓީ ހޭދަ ކުރަން ދާން، ފޯބްސް މެގަޒިން އިން ހޮވި އެންމެ ރަނގަޅު 20 މަންޒިލުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.

ދުނިޔޭގެ އެންމެ ހައި ޕްރޮފައިލް މީހުންގެ މެދުގައި މަގުބޫލު އެއް މަޖައްލާ ކަމަށްވާ ފޯބްސް ގެ "ޓޮޕް 20 މަންޒިލް" ގެ ލިސްޓުގައި ރާއްޖޭގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ޓޫރިޒަމް މަންޒިލްތައް ހިމަނާފައިވެ އެވެ. މި ލިސްޓުގައި ދެން ހިމެނިފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ ލަސްވެގަސް އާއި އިޒްރޭލުގެ ތެލް އަވީވް އަދި މަޔާއޯ އާއި އެމެރިކާގެ ވާޖިން އައިލެންޑް އަދި ދުބާއީގެ އިތުރުން ޖަޕާނުގެ ޓޯކިއޯ އާއި ސައޫދީ އަރަބިއްޔާގެ ރިޔާދު އަދި އިޓަލީގެ ވެރިރަށް ރޯމް ފަދަ މަންޒިލްތައް ހިމެނެ އެވެ.

ފޯބްސް އިން "ދަ ޓޮޕް 20 ޑެސްޓިނޭޝަން 2020" ލިސްޓު އެކުލަވާލިއިރު އެ ގައުމުތަކުގައި ހިމެނޭ ބައެއް ހާއްސަ ތަންތަނުގެ ވާހަކަ ވެސް ގެނެސްދީފައިވެ އެވެ. ރާއްޖޭގެ ވާހަކައާއެކު ރާއްޖޭގެ ކޮމޯ އައިލެންޑް އާއި ސެންޓް ރިޖެސް މޯލްޑިވްސް ވޮއްމުލި ރިސޯޓުގައި ހުރި ވަސީލަތްތަކުގެ ފުރިހަމަކަން ބުނެދީފައިވެ އެވެ.

މި ލިސްޓުގައި ރާއްޖެ އަށް ވުރެ ފަހަތުގައި މަޝްހޫރު ގިނަ ގައުމު ތަކެއް ހިމަނާފައިވެ އެވެ. އޭގެތޭގައި ރަޝިއާ އާއި ދެކުނު އެފްރިކާގެ ކޭޕް ޓައުން ހިމެނެ އެވެ.