ހަބަރު

އެންދަމަން އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

މަސްވެރިކަން ކުރަން އެން ދަމަން އުޅުމުގެ ތެރޭގައި މީހަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެން ދަމަން އުޅުމުގެ ތެރޭގައި ދޯނީގައި ބޭނުން ކުރާ ބޮއެ އޮޔާދާތީ އެ ބަލައި ފަތާފައި ގޮސް އެނބުރި އަންނަނިކޮށް އޭނާގެ ހަރަކާތް ހުއްޓި ގެނބެން ފެށުމުން ދޯންޏަށް ނަގައި ބެލިއިރު އޭނާގެ އަނގައިން ފޮނު އަރާފައިވާ ކަމަށެވެ.

އޭނާ ވަގުތުން ގއ. ވިލިނގިލީގައި ހުންނަ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 45 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 10:00 ހާއިރު އެވެ. އެ ހާދިސާގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.