މަރު

ނަގިލި ނަގަން ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

Jul 19, 2019
1

ގުޅީފަޅުގައި އޮތް ދޯންޏެއްގެ ނަގިލި ނަގަން މޫދަށް ފޭބި މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނިއްޖެ އެވެ.

ސިފައިން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ ފަޅުގެ 21 މީޓަރު އަޑިން މިއަދު ހަވީރު 4:21 ގައި ކަމަށާއި އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

ގުޅީފަޅުގައި އަޅާފައި އޮތް "ސާހިބާ" މަސް ދޯނީގެ ނަގިލި ނަގަން ފޭބި ބިދޭސީއެކެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދަން މެރިން ޕޮލިހުންނާއި ޑައިވިން ޓީމުތަކާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ މަސައްކަތް ކުރަނި ކޮށެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. ހާދިސާ ހިނގި އިރު ދޯނީގައި އަށް ދިވެހީން ވެސް ތިއްބެވެ.