ހަބަރު

އައިޖީއެމްއެޗުން ގޮހޮރުގެ ބަލިތަކުގެ ފަރުވާ އަލުން ފަށައިފި

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ގޭސްޓްރޯއެންޓެރެލޮޖީގެ ހިދުމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަށައިފި އެވެ.

އައިޖީއެމްއެޗް އިން ބުނީ ގޭސްޓްރޯއެންޓެރެލޮޖީ ނުވަތަ ގޮހޮރުގެ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް މިއަދުން ފެށިގެން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ.

އައިޖީއެމްއެޗްއިން ބުނީ ގޭސްޓްރޯއެންޓެރެލޮޖީގެ ހިދުމަތް އެ ހޮސްޕިޓަލުގައި ފެށުމަކީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ރައްކާތެރި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި މީގެ އިތުރުން ގޭސްޓްރޯއެންޓެރެލޮޖީ އާއި ގުޅުންހުރި އެންޑޮސްކޯޕީ އާއި ކޮލޮނޮސްކޯޕީގެ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.