ދިވެހި ޕްރެމިއާ ލީގް

ގުރީންގެ މައްޗަށް މާޒިޔާއަށް ބޮޑު މޮޅެއް

ކުލަބު ގްރީން ސްޓްރީޓްގެ ކޮޅަށް ހަ ލަނޑު ޖަހައި ބޮޑު މޮޅަކާ އެކު މާޒިޔާއިން ދިވެހި ޕްރިމިއާ ލީގް އަލުން ފަށައިފި އެވެ.

މާޒިޔާ މެޗު ކާމިޔާބު ކުރީ 6-1 ންނެވެ. ފުރަތަމަ ހާފުގައި ގްރީންގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ލަނޑުން ގުރީން ސްޓްރީޓުން ލިޑް ނެގި ނަމަވެސް މާޒިޔާއިން އޭގެ ފަސް މިނެޓް ފަހުން ނަތީޖާ ހަމަހަމަ ކުރި އެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް މެޗުން ފުރުސަތު ދިނެވެ. ވާދަވެރި މެޗަކަށް އޭނާ ކުޅެން އެ ނުކުތީ ހަތަރު މަސް ފަހުންނެވެ.

މެޗުގައި ގުރީންއިން ލީޑް ނެގީ 21 ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހުން ކޯނޭލިއަސް ސްޓްވާޓް ވަނީ މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން މެޗުގެލީޑް ނެގި އެވެ. އެ ލަނޑު 39 ވަނަ މިނެޓްގައި ކާމިޔާބު ކުރީވެސް ކޯނޭ އެވެ. މެޗުގައި ހެޓްރިކް ހަދައި ކޯނޭ ވަނީ ހެޓްރިކް ހަދާފަ އެވެ.

ދެ ވަނަ ހާފުގައި މާޒިޔާއިން ވަނީ ހަތް މިނެޓް ތެރޭ ތިން ލަނޑު ޖާހަފަ އެވެ. އެއީ 60 ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕް) ލަނޑު ކާމިޔާބު ކުރުމުން ފެށިގެން 67 ވަނަ މިނެޓްގައި ކޯނޭ ހެޓްރިކް ފުރިހަމަ ކުރުމާ ހަމައަށެވެ. އެ ދެމެދުގައި 63 ވަނަ މިނެޓްގައި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ މާޒިޔާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އިއްބެ މާޒިޔާގެ ހަ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. ފުރަތަމަ ބުރުގައި މާޒިޔާއިން ގުރިންގެ މައްޗަށް މޮޅުވީ 3-1 ންނެވެ. މިއަދު މެޗަށް ގުރީން ސްޓްރީޓް ނުކުތީ މުސާރަ ނުދޭތީ ގަވާއިދުން ޕްރެކްޓިސްތައް ނުކޮށެވެ.