ދުނިޔެ

ރަޝިއާ އާއި ޗައިނާއިން އުތުރު ކޮރެެއާއަށް އެޅި ފިޔަވަޅުތައް އުވާލަނީ

Dec 18, 2019
1

އުތުރު ކޮރެއާއިން ނިއުކިލިއާ މިސައިލް އުފައްދާ މައްސަލައިގައި ރަޝިއާ އަދި ޗައިނާއިން އެގައުމަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމައިފި އެވެ. މިގޮތަށް ނިންމީ ދެ ގައުމުން ވެސް ބޭއްވި ސެކިއުރެޓީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

ފިޔަވަޅުތައް އުވާލުމަށް ޗައިނާއާ ރަޝިއާއިން ނިންމުމުން އެމެރިކާއިން ވަނީ އެކަމާ ހިތްހަމަނުޖެހުންފާޅު ކޮށްފަ އެވެ. މައްސަލައިގެ ތެރެއަށް ވަންނަމުން އެމެރިކާއިން ބުނީ އުތުރު ކޮރެއާއަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުން އަދި އަވަސް ކަމަށެވެ. އިތުރަށް ބުނީ އުތުރު ކޮރެއާއިން މިހާރު ވެސް ގެންދަނީ ބެލަސްޓިކް މިސައިލް ތައްޔާރުކޮށް ޓެސްޓު ކުރަމުން ކަމަށެވެ.

ދެ ގައުމުގެ ނިންމުމާ ގުޅިގެން ގިނަ އެހެން ގައުމުތަކުން ވަނީ ހައިރާކަން ލިބިފަ އެވެ. އުވާލަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، އުތުރު ކޮރެއާއަށް ކާބޯތަކެތި އެތެރެ ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި އެގައުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާގައި ފަގީރުކަން އިތުރުވެ، ރައްޔިތުން ދަނީ ބަޑަށް ޖެހެމުންނެވެ.

ޗައިނާއާ ރަޝިއާގެ ނިންމުމަށް އދ.ގެ ސެކިއުރެޓީ ކައުންސިލުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ. އދ.އިން ބުނި ގޮތުގައި އުތުރު ކޮރެއާއިން އެއްވެސް ވަރަކަށް ނިއުކުލިއާ ހަތިޔާރާއި އަދި މިސައިލް އުފެއްދުމުގެ ޕްރޮގްރާމްތައް މަޑު ޖައްސާފައި ނުވާއިރު ކުއްލިއަކަށް މިފަދައިން ފިޔަވަޅުތައް އުވާލުމުން އުތުރު ކޮރެއާގެ ބިރު އެހެން ގައުމުތަކަށް މިހާރަށްވުރެ ކުރިއަތް އޮތްތަނުގައި ބޮޑުވާނެ ކަމަށެވެ.