ވިޔަފާރި

މިނިމަން ވޭޖް މައްސަލަ މަޖިލީހުގެ ފުރަތަމަ ދައުރަށް

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައެޅުމުގެ މައްސަލަ މަޖިލީހުގެ އަންނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ނިންމައިިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ކަންކަން ކުރާ ބޯޑާއި އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އިން އެކުލަވާލި، ދެ ދިރާސާ ރިޕޯޓެއް އިއްޔެ ވަނީ އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. މި ދެ ރިޕޯޓް ކެބިނެޓަޑް ހުށަހެޅުމަށްފަހު 2020 ގެ ފުރަތަމަ ދައުރަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާދޭ ބޯޑް އެކުލަވާލާފައިވެ އެވެ. މި ބޯޑުން ވަނީ މިހާރު ސަރުކާރުގައި ހުރި މައުލޫމާތު އެއްކޮށްފަ އެވެ. މީގެ އިތުރުން އިތުރަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި އެންޓަޕްރައިޒް ސާވޭއެއް ވެސް ހަދާފައިވެ އެވެ.

ކުޑަ އުޖޫރަ ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދު ފުރިހަމަ ކުރުމުގެ ގޮތުން އެމްޑީޕީން އެޖެންޑާ 19 މެނިފެސްޓޯގައި ހާއްސަ ދާއިރާ ތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.