ހަބަރު

ގައިދީއަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

Dec 20, 2019
3

އުމުރުން ދުވަސްވީ ގައިދީއަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭ 3:50 ގައި އޭނާ މަރުވެފައިވާ ކަމަށެވެ. އޭނާގެ ސިއްހީ ކަންކަމާއި ހުކުމާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން ޅ. ނައިފަރު، އަބްދުލް ހަމީދު މޫސާ އެވެ. އުމުރުން 60 އަހަރުގެ އެ މީހާއަކީ ބަލިވެގެން މިދިޔަ ތިން އަހަރު ވެސް ގަވައިދުން ޑޮކްޓަރަށް ދައްކާ މީހެކެވެ.