ވިޔަފާރި

މޯލްޑިވިއަން އިން ބެންކޮކް ޓިކެޓު 319 ޑޮލަރަށް!

Dec 21, 2019
3

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބެންކޮކް އަށް ދެކޮޅު ޓިކެޓު 319 ޑޮލަރު (ގާތްގަނޑަކަށް 4،918ރ.) އަށް ވިއްކަން ފަށައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ތައިލެންޑުގެ ބެންކްކޮކްއަށް ހާއްސަ އަގެއްގައި ޓިކެޓު ވިއްކަން ފަށާފައި މިވަނީ ބޮޑު ބަންދާ ދިމާކޮށެވެ. ގައުމީ އެއާލައިން އިން ހާއްސަ އަގެއްގައި ޓިކެޓު ވިއްކަން ފަށާފައި މިވަނީ މިމަހުގެ 23 އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވިއަން އިން ހާއްސަ އަގެއްގައި ތައިލެންޑަށް ޓިކެޓު ވިއްކާއިރު، މިހާރު އާއްމު ގޮތެއްގައި ޓިކެޓުގެ އަގުތައް ހުރީ 400 ޑޮލަރުން މަތީގަ އެވެ.

ގައުމީ އެއާލައިން އިން ދަނީ ބެންކްކޮކްގެ އިތުރުން އިންޑިއާގެ ހަތަރު ސިޓީ އަކާއި ބަންގްލަދޭޝަންގެ ވެރިރަށް ޑާކާ އަށްވެސް ދަތުރު ކުރަމުންނެވެ.