ހަބަރު

އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

އެކުއެޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިއަދު ފަށައިފި އެވެ.

އެކުއެޓިކް ފިޒިއޮތެރަޕީއަކީ 34 ޑިގްރީ ސެލްސިއަސްގެ ހޫނު މިނުގައި ހުންނަ ފެންގަނޑެއް ތެރޭ ކުރާ ކަސްރަތެކެވެ. މި ކަސްރަތުގެ ސަބަބުން ވާންވެފައިވާ ހުޅުތަކުގެ ހުންނަ ރިހުމާއި މަސްފަށަލަތަކަށް ދޫޖެއްސުމަށް އެހީ ވެދެ އެވެ.

އައިޖީއެމްއެޗްއިން ބުނީ އެ ހިދުމަތް މިއަދު ފެށިގެން ލިބޭނެ ކަމަށާއި އެ ލިބޭނީ ޑޮކްޓަރަށް ދެއްކުމަށްފަހު ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދުގެ ދަށުން ބަލިމީހާގެ ހާލަތަށް ބަލައި، އެއީ މި ފިޒިއޮތެރަޕީ ދޭން ޖެހޭ ކަމަށް ހަމަޖައްސާ ބަލި މީހުންނަށް އެކަނި ކަމަށެވެ.

އެކުއެޓިކް ފިޒިއޮތެރަޕީ ހިދުމަތް ލިބޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހަތަރު ވަނަ ފަންގިފިލާއިންނެވެ.