ހަބަރު

ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ބޭރަށް ހިންގުން އިތުރުވާތީ ކާބޯތަކެތި ބޭނުންކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު ހުމައި ރޯނގާ ހަލުވި ކަމާއެކު ފެތުރެމުން ދާ ކަމަށާއި އެގޮތުން ބޭރަށް ހިންގުން ގިނަވެ ފަރުވާހޯދަން އަންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމަށް އެކަމުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެ އެޖަންސީން ވަނީ ބޭރަށް ހިންގުން ދުރުވުމަށް ކުރެވިދާނެ ބައެއް ކަންކަން ޓުވީޓުކޮށްފަ އެވެ. އެގޮތުން ކާތަކެއްޗަށް ދިރޭ ސޫފާ ސޫފި ނޭރޭނޭހެން ރަނގަޅަށް މަތިޖަހައި ބަންދުކުރުމާއި ކެއުމުގައި ވީހާވެސް ތާޒާ ތަރުކާރީ އާއި މޭވާ ބޭނުންކުރުމާ، އެ ތަކެތި ބޭނުންކުރާ އިރު ރަނގަޅަށް ދޮވެ ސާފްކޮށްގެން ބޭނުންކުރުން ހިމެނެ އެވެ.