ކަނޑު އުޅަނދު އުފެއްދުމަށް އެންމެ ތަޖުރިބާކާރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަލްޝާލީ މެރިން މޯލްޑިވްސްއަށް އެ ދާއިރާއިން ފަހުރުވެރި އެވޯޑްތަކެއް ލިބިއްޖެ އެވެ.
އަލްޝާލީ މެރިން މޯލްޑިވްސްއަށް މި އެވޯޑްތައް ލިބިފައިވަނީ ރޭ ދަރުބާރުގޭގައި އޮތް މޯލްޑިވްސް ބޯޓިންގް އެވޯޑްސް 2019 ގައެވެ.
އެ ކުންފުންޏަށް އެވޯޑް ލިބިފައިވަނީ އެ ކުންފުނިން ނެރުނު އެކްޝަން 25 އަށް ބެސްޓް ޕްރޮޑަކްޝަން ފައިބާ ގްލާސް، ކޯސްޓް ކްރާފްޓް 38 ޕްލަސް އަށް ބެސްޓް ޕްރޮޑަކްޝަން ފައިބާ ގްލާސް އަދި އައިލެންޑް ހޮޕާ 50 އަށް ބެސްޓް ޕްރޮޑަކްޝަން ފައިބާ ގްލާސް އެވޯޑެވެ.
![](https://images-01.avas.mv/post/big_5LYHNKt4xkDkwCzMOQLtssTrw.jpg)
އަލްޝާލީ މެރިން މޯލްޑިވްސްއަކީ ކަނޑު އުޅަނދު އުފެއްދުމަށް އެންމެ ތަޖުރިބާކާރު އެއް ކުންފުންޏެވެ. އެ ކުންފުނި ހާއްސަވެފައި އޮންނަނީ "ޓޯޓާލް ސޮލިއުޝަން" ލިބޭ ފަރާތެއްގެ ގޮތުގަ އެވެ.
ރާއްޖެ އަށް މަސްވެރިކަމުގެ ޒަމާނީ ވައްތަރުތައް ތައާރަފުވަމުންދާއިރު، ޒުވާން މަސްވެރިންނަށް އަލްޝާލީ މެރިންއިން ގެނެސް ދިން އެކްޝަން 24 ވެގެންގޮސްފައިވަނީ ޝައުގުވެރި އުޅަނދަކަށެވެ. މީގެ އިތުރުން ރާއްޖޭގައި ފުޅާވަމުންދާ ކަނޑުގެ ޓްރާސްޕޯޓު ވިއުގަޔަށް ހާއްސަކޮށް އެ ކުންފުނިން ނެރުނު އަދި ރޭ އެވޯޑް ހޯދި ކޯސްޓް ކްރާފްޓް 38 ޕްލަސް އުޅަނދަކީވެސް ފާހަގަކޮށްލެވޭ އުޅަނދެކެވެ.
![](https://images-01.avas.mv/post/big_iEccKfLVGC7jnO1icuXkg1RaA.jpg)
![](https://images-01.avas.mv/post/big_5LT5igTPd59jb7e9P7oScy76l.jpg)
![](https://images-01.avas.mv/post/big_CV80g77rHsj4D70vHhGgNNlwA.jpg)
އަލްޝާލީ މެރިން މޯލްޑިވްސްއަށް ލިބުނު އެވޯޑްތައް
- ބެސްޓް ޕްރޮޑަކްޝަން ފައިބަރ ގްލާސް (5 އަދި 10 މީޓަރު): އެކްޝަން 25
- ބެސްޓް ޕްރޮޑަކްޝަން ފައިބަރ ގްލާސް (10 އަދި 15 މީޓަރު): ކޯސްޓް ކްރާފްޓް 38 ޕްލަސް
- ބެސްޓް ޕްރޮޑަކްޝަން ފައިބަރ ގްލާސް (15 އަދި 45 މީޓަރު): އައިލެންޑް ހޮޕާ 50،