ވިޔަފާރި

ގާމިން ގަޑީގެ އެމްބަސިޑަރު އައްޔަން ކޮށްފި

ގާމިން ގަޑީގެ އެމްބެސެޑަރެއް ހަމަޖައްސައި، ރާއްޖޭގައި މި ބްރޭންޑު ވިއްކާނެ ފަރާތްތައް އައްޔަން ކޮށްފި އެވެ.

ސިޓްރޮން ރެސްޓޯރެންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޮތޮރައިޒް މެރިން ޑީލާއެއްގެ ގޮތުގައި ހަމަޖެއްސީ އަލްޝާލީ މެރިން މޯލްޑިވްސް (އޭސް މެރިން) އެވެ. މި އެއްބަސްވުމުގައި އަލްޝާލީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އިސްމާއިލް ޝަރީފު އެވެ. އަދި ގާމިންގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރު ޕާމްޓްރީ މެރިންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް އެވެ.

އަލްޝާލީ މެރިން މޯލްޑިވްސް އަކީ ރާއްޖޭގައި ކަންޑު އުޅަންދު ބަނނުމާއި ސާވިސް ކުރުމުގައި އެއްމެ ކުރީގައި އުޅޭ އެއް ކުންފުނި އެވެ. އަލްޝާލީ މެރިން މޯލްޑިވްސްއާއި ގާމިން އޯއީއެމް ޑިސްޓްރިބިއުޓަރ އެގްރީމެންޓް ގައި ސޮކުރުމުން އެކުންފުނި އިނިސްޓޯލް ކޮށް ވިއްކާ ގާމިން ޖީޕީއެސް އަދި ރާޑަރު ތަކަށް ވެރަންޓީ ދެވިގެން ދާނެ އެވެ. އަދި އެކުންފުނިން އޮޑީ ދޯނި ފަހަރުގައި އަޅުވާ ޖީޕީއެސް އަދި ރާޑަރު ވަރަށް ހާއްސަ ހެޔޮއަގެއްގައި އެ ކުންފުނިން ލިބިގެން ދާނެވެ.

މި އެއްބަސްވުމުގެ އިތުރުން ގާމިން ގަޑީ ގެ ޑީލާރު ކުންފުންޏެއްގެ ގޮތުން ސޮއިކުރެއްވީ ކްލިކް މޯލްޑިވްސް އެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ޒުހައިރު އެވެ.

މީގެ އިތުރުން މި ގަޑީގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެއްސީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް އެވެ.

ގާމިން މެރިންއަކީ ދުނިޔޭގައި އެންމެ އިތުބާރާއެކު ބޭނުން ކުރާ މެރިން ޕްރޮޑަކްޓް ބްރޭންޑެވެ. ހާއްސަކޮށް ގާމިން ރޭޑާއަކީ ފްލައިޓް ތަކުން ފެށިގެން ދުނިޔޭގެ އެންމެ ބޮޑެތި އުޅަނދު ފަހަރުގައި ވެސް ބޭނުން ކުރާ ރާޑަރެކެވެ.

ގާމިން ގަޑިއަކީ މިހާރު ދުނިޔޭގެ ކުޅިވަރުމައިދާނުގައި އެއްމެ މަޝްހޫރުކަން ލިބިފައިވާ އެއް ގަޑިއެވެ. އަދި ޒުވާނުން ގެ މެދުގައި ވެސް "ޓްރެންޑް" ވަމުން އަންނަ އެއް ގަޑިއެވެ. ކުޅިވަރާއި ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ މީހުންގެ މެދުގައި ގާމިން ގަޑި އެހާ މަޝްހޫރު ވަމުން އަންނީ އެ ގަޑި އަޅައިގެން ކުޅިވަރުގެ އެކި އެކި ކުޅިވަރުގައި ހަރަކާއްތެރި ވުމުންނާއި އާއްމުދިރި އުޅުމައި ހަރަކާއްތެރި ވާއިރު ވެސް އެ ގަޑި އަޅައިގެން އުޅުމުން އޭގެއިން ލިބިދޭ މުހިއްމު މައުލޫމާތު ތަކުގެ ސަބަބުންނެވެ. އަދި އެހެން ގަޑި ތަކާއި ހިލާފަށް ގަޑި ފަރުމާ ކުރެވިފައިވާލެއް ވަރުގަދަ ކަމާއި ގަޑީގެ ބެޓެރީ ލައިފް ދިގު ކަމުންނެވެ.