ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި އަލްޝާލީގެ އުޅަނދު ފަހަރުގެ މައުލޫމާތު ދޭނެ އެވެ.
އަލްޝާލީ މެރިން މޯލްޑިވްސް އިން ބުނީ މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ފެއާއަށް ދިއުމުން އެ ކުންފުނީގެ އުޅަނދު ފަހަރުގެ މައުލޫމާތު ލިބޭނެ ކަމަށެވެ.
އަލްޝާލީ މެރިން އިން ދަނީ ރާއްޖޭގައި ބާއްވާ ވިޔަފާރީގެ މިފަދަ އިވެންޓުތަކުގައި ބައިވެރިވަމުންނެވެ. އެ ކުންފުންޏަކީ މި އަހަރު ގޯލްޑް 100 އަދި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރެކެވެ.
ތިލަފުށީގައި ބޯޓް ޔާޑެއް ހިންގަމުން ގެންދާ އަލް ޝާލީ މެރިން އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އުޅަނދު ފަހަރު ބަންނަ އެއް ކުންފުންޏެވެ. އެ ކުންފުނިން މިދިޔަ އަހަރު ވެސް ވަނީ ރާއްޖޭގެ މާކެޓަށް އާ ގިނަ އުޅަނދުތަކެއް ނެރެފަ އެވެ. މިދިޔަ އަހަރު އެ ކުންފުނިން ނެރެފައިވާ އުޅަނދު ފަހަރުގެ ތެރޭގައި ޒުވާން މަސްވެރިންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އެކްޝަން 24 އާއި ކޯސްޓް ކްރާފްޓް 38 ޕްލަސް ހިމެނެ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑުގައި ގިނަ އެވޯޑު ތަކެއް ވެސް ލިބިފައިވެ އެވެ.މި އެވޯޑް ލިބިފައިވަނީ އެ ކުންފުނިން ނެރުނު އެކްޝަން 25 އަށް ބެސްޓް ޕްރޮޑަކްޝަން ފައިބާ ގްލާސް، ކޯސްޓް ކްރާފްޓް 38 ޕްލަސް އަށް ބެސްޓް ޕްރޮޑަކްޝަން ފައިބާ ގްލާސް އަދި އައިލެންޑް ހޮޕާ 50 އަށް ބެސްޓް ޕްރޮޑަކްޝަން ފައިބާ ގްލާސް އެވޯޑެވެ.