ލައިފްސްޓައިލް

ލޯބިވެރިޔާ އާއެކު "މަރްދާނީ 2" ބަލަން އިން މީހަކަށް އަނބިމީހާ ހަމަލާދީފި

އިންޑިޔާގެ އަހުމަދު އާބާދުގައި ހިނގި ހާދިސާއެއްގައި "މަރްދާނީ 2" ބަލަން ލޯބިވެރިޔާ އާއެކު ސިނަމާ ހޯލަކަށް ވަދެ އިން ފިރިހެނަކަށް އޭނާގެ އަންހެނުން ހަމަލަ ދީފި އެވެ. ފިރިހެންމީހާ "މަރްދާނީ 2" ބަލަން އިނީ ރައްޓެހިވެގެން އުޅޭ މީހާ ގޮވައިގެން ގޮހެވެ. މިކަން އެނގިގެން އޭނާގެ 45 އަހަރުގެ އަނބިމީހާ ސިނަމާ ހޯލަށް ގަދަކަމުން ވަދެގަނެގެން ގޮސް އެމީހުންނަށް ހަމަލާ ދިނީ އެވެ.

ސިނަމާ ހޯލު ތެރޭގައި ތަޅާފޮޅާ ހަމަނުޖެހުން ހިންގުމަށްފަހު ޕޮލިހަށް ގުޅައި ކަންތައް ވީގޮތް ކިޔައިދިނީ ވެސް އަންހެންމީހާ އަމިއްލަ އަށެވެ.

ފުލުހުން ވަގުތުން އެތަނަށް ދިޔައިރު ސިނަމާ ހޯލުގައި އޮތީ ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ. އެހެންވެ މިކަމުގައި ޝާމިލުވާ ތިން މީހުން ގޮވައިގެން ޕޮލިސް ސްޓޭޝަނަށް އައިސް ސުވާލު ކުރި ކަމަށާއި ނަމަވެސް ކައިވެނިކޮށްގެން އުޅުނަސް ހިލޭ އަންހެނަކު ގެންގުޅުމަކީ އިންޑިއާގެ ގާނޫނު ބުނާ ގޮތުން ކުށަކަށް ނުވާތީ އެ މައްސަލަ ބެލޭނެ ގޮތެއް ނެތިގެން ކައުންސިލިން ދީފައި އެމީހެއްގެ ގެޔަށް އެމީހަކު ދާން ދޫކޮށްލީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަންހެންމީހާގެ ފިރިމީހާ އެހެން އަންހެނެއް ގޮވައިގެން ފިލްމު ބަލަން ގޮސް އިން ކަން އެނގުނީ ސިނަމާ ހޯލުގައި އެވަގުތު އިން ރައްޓެއްސަކު ގުޅާފައި އެ ވާހަކަ ބުނުމުންނެވެ. އެ ޚަބަރު ލިބުމާއެކު އަންހެންމީހާ ރުޅިއައިސް ރަތްވެގެން ގޮސް ސިނަމާ ހޯލަށް ވަނީ ވެސް އެތާގައި ތިބި ގާޑުން ވެސް ނުވަންނާށޭ ކިޔާ ހިފަހައްޓަނިކޮށް އެމީހުންތައް ވެސް ފޮޅުވާލާފައި ގަދަކަމުންނެވެ. އެމީހާ ވަދެ ބެލިއިރު އޭނާގެ ފިރިމީހާ އިނީ އެހެން އަންހެނަކާ ވަރަށް ލޯބިން މާ ފޮޅުވާށެވެ.

އެންމެ ފުރަތަމަ އަންހެންމީހާ ދިޔަ ގޮތަށް ގޮސް ތަޅައިގަތީ ފިރިމީހާގެ ގައިގަ އެވެ. އަދި އޭނާގެ ކައިރީގައި އިން މީހާ ރޮއިރޮއިފައި ނުޖަހަން އެދެން ފެށުމުން ރުޅިގަދަވެގެން އެ އަންހެންމީހާގެ އިސްތަށީގަނޑުގައި ހިފާ އެމީހާއަށް ވެސް ހަމަލާ ދިނީ އެވެ.

ފުލުހުން ބުނި ގޮތުގައި ފިރިހެންމީހާ ފުރަތަމަ ބޭނުންވީ ލޯބިވެރިޔާ ގޮވައިގެން "ދަބަންގް 3" އަށް ވަންނާށެވެ. ނަމަވެސް އެ ފިލްމަށް ވަންނަން ކިއޫގައި ތިބި މީހުން ގިނަކަމުން ސިނަމާ ހޯލު އޮންނާނީ ފުރިފައި ކަން ޔަގީންވާތީ ތަންކޮޅެއް މީހުން މަދުން ވަންނަ ފިލްމަކަށް ވަންނަން ވެގެން "މަރްދާނީ 2" ބަލަން ވަނީ އެވެ.