ހަބަރު

މާދަމާ މުޅި ރާއްޖޭގައި ކޭތަ ނަމާދު ކުރުން އޮންނާނެ

މާދަމާ މުޅި ރާއްޖޭގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ހިފާ އިރުކޭތަ އާއި ގުޅިގެން ކޭތަ ނަމާދު ކުރުމައް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:50 ގައި ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކަމަށެވެ.

އަދި މާލެ ސިޓީގައި ކޭތަނަމާދު ކުރާނީ އިސްލާމި މަރުކަޒު، މަސްޖިދުލް ބިއްރި (ވިލިގިލި) އަދި މަސްޖިދުއް ޝައިޚް ގާސިމް ބިން މުހައްމަދު އާލް ޘާނީ(ހުޅުމާލެ) ގައި ކަމަށެވެ.

ކޭތަހިފަނީ މީހަކު މަރުވުމަކުން ނުވަތަ މީހަކު އުފަންވުމަކުން ނޫން ކަމަށާ ކޭތަ ފެނުމުން، ކޭތަ ވީއްލަންދެން ﷲ އަށް ދުއާކޮށް، ނަމާދު ކުރުމަށް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ.