އަލީ ވަހީދު

މިނިސްޓަރުގެ ވާހަކަތައް ޓޫރިޒަމުން ސާފުކޮށްދީފި

ގިނަ ރިސޯޓްތަކުން ސާވިސް ޗާޖް ދެނީ ރަނގަޅަށް ކަމަށް ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުވި ވިދާޅުވުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިސްޓަރު އެ ވާހަކަފުޅު ޓުއަރިޒަމް މިނިސްޓްރީން އިތުރަށް ސާފު ކޮށްދީފި އެވެ.

ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ ޓްއަރިޒަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށާ ބައެއް ފަހަރު ރިސޯޓުން މުވައްޒިފުން ކަނޑާލުމުން އެކަމުގެ ޝަކުވާތައްކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން ކަމަށް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރުގެ އެ ވާހަކަތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވަރަށް ގިނަ މުވައްޒިފުން ވަނީ މިނިސްޓަރު އަލީ ވަހީދަށް ފާޑުކިޔާފަ އެވެ.

އަލީ ވަހީދު ދެއްކެވި ވާހަކަފުޅު އިތުރަށް ސާފުކޮށްދީ ޓްއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ސާވިސް ޗާޖްދޭ ގޮތާ ގުޅޭގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ވެސް ސީދާ މިނިސްޓަރު ވިދާޅުވެފައިނުވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. މިނިސްޓަރު ވިދާޅުވީ އިއްޔެގެ ނޫސްވެރިންގެ ބައްދަލްވުމުގައި ދެއްކި މުޅި ވާހަކައިގެ އަސްލު ގެއްލޭގޮތަށް ބައެއް ފަރާތްތަކުން ހަބަރު ގެނެސްދީފަިއވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކުގެ ހައްގުތައް މި ސަރުކާރުން ހަމަހަމަ ގޮތެއްގައި އިހްތިރާމާއެކު ހިމާޔަތް ކުރައްވާނެ ކަމަށެވެ.