ވިޔަފާރި

ރެޑްވޭވުން ހައިސެންސް ޓީވީގެ ޕްރިއޯޑާއަށް ހުޅުވާލައިފި

ހައިސެންސް ޓީވީގެ ޑިސްޓްރިބިއުޓާޝިޕާއިއެކު ރެޑްވޭވުން ޕްރިއޯޑާއަށް ހުޅުވާލައިފި އެވެ.

ރެޑްވޭވުން ބުނީ ހައިސެންސް ބްރޭންޑު ވިއްކަމުންދާނީ ވަރަށް ހާއްސަ ހެޔޮ އަގުތަކެއްގައި ކަމަށާ ޕްރިއޯޑާ އަގުތަށް އާންމު އަގުތަކަށްވުރެ ހެޔޮވާނެ ކަމަށެވެ.

އެގޮތުން ޕްރިއޯޑާ ކުރުމަށް ބޭނުންވާ ކަސްޓަމަރުން ޓީވީގެ އަގުގެ 75 އިންސައްތަ ފައިސާ ދައްކަން ޖެހޭނެ އެވެ. މިގޮތުން ޕްރިއޯޑާ ކުރައްވާ ޓީވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގައި ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ހައިސެންސް ޓީވީގެ ތެރޭގައި ލެޑް ހެޖްޑީ، ފުލްއެޖްޑީ އަދި ޔޫލެޑް ޔޫއެޖްޑީގެ އިތުރުން ލޭޒާ ޓީވީ ހިމެނެއެވެ. އެގޮތުން 32 އިންޗި އާއި 100 އިންޗިއާ ދެމެދުގެ ހައިސެންސް ޓީވީ ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހައިސެންސް ޓީވީ ރެޑްވޭވުން ވިއްކާނީ އަހަރު ދުވަހުގެ ވޮރަންޓީއާއި އެކުއެވެ. އަދި ހައިސެންސް ޓީވީގެ ފުލްސާވިސް ރެޑްވޭވުން ދޭނެ އެވެ. އަދި މީގެ އިތުރުން ރެޑްވޭވްގެ ހައިސެންސް ޝޯރޫމެއް ހުޅުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.