ވިޔަފާރި

ދިިރާގު ޓީވީގެ ހިދުމަތް ވ. ފުލިދޫއަށް

Dec 26, 2019
ދިރާގުޓިވީގެ ހިދުމަތް ވ. ފުލިދޫގައި ރަސްމީކޮށް އިފްތިތާހުކުރުން -- ފޮޓޯ: ދިރާގު
0%
0%
0%

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށްވާ، ދިރާގުޓިވީގެ ހިދުމަތް ވ. ފުލިދޫގައި ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ ހިދުމަތުމަތުގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ހާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެއެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލާސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ހިމެނެއެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތެކެވެ. އެހެން ނަމަވެސް، ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއް ނުކުރާނެއެވެ. މީގެ އިތުރުން ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެއެވެ.

ދިރާގު ޓީވީ ތައާރަފު ކުރިތާ މިވީ 2 އަހަރު ދުވަހުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފައިއެވެ. އެގޮތުން ދިރާގު ޓީވީ އަށް ހާއްސަ އެޕް އަދި ވީޑިއޯ އޮން ޑިމާންޑް ފީޗާ ތައާރަފުކުރުމުގެ އިތުރުން ރާއްޖޭގެ ގޭބިސީގެ 72 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345