ހަބަރު

ފިޔަވަތިން ކުއްޖަކު ފިލައިގެން ނުދޭ: ފުލުހުން

Dec 26, 2019
1

ދައުލަތުން ބަލަހައްޓާ ކުދިން އުޅެމުންދާ ހުޅުމާލޭ ފިޔަވަތިން މިރޭ އެއްވެސް ކުއްޖަކު ފިލައިގެން ގޮސްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުުހުން ބުނީ ހުޅުމާލޭ ފިޔަވަތީގައި އުޅެމުންދާ ކުދިންގެ ތެރެއިން ތިން ކުއްޖަކު އެ ތާނގެ ފުރާޅު މައްޗަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފިޔަވަތީގެ މުވައްޒިފުންނާއި ގުޅިގެން މިރޭ 7:25 އެހާކަންހާއިރު އެ ކުދިން ފުރާޅު މަތިން ބާލުވާފައިވާ ކަމަށެވެ.

އަދި ފިޔަވަތިން އެއްވެސް ކުއްޖަކު މިރޭ ފިލައިގެން ގޮސްފައިނުވާ ކަމަށް ވެސް ބުންޏެވެ.

ފުލުުހުން މިކަން ހާމަކޮށްފައިވަނީ ފިޔަވަތީގައި އުޅެމުންދާ ކުދިންގެ ތެރެއިން ބައެއް ކުދިން އެތަނުގެ ފުރާޅަށް އަރައިގެން ފިލައިގެން ގޮސްފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.

ދައުލަތުން ބަލަހައްޓާ ކުދިން އުޅެމުންދާ ހުޅުމާލޭ ފިޔަވަތި އަދި ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އުޅެމުންދާ ކުދިން ފިލައިގެންދިއުމާއި، އެ ތަނުގެ ފުރާޅު މައްޗަށް އަރައިގެން އުޅުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ރިޕޯޓް ކުރެވެއެވެ.