ޝީލާ ނަޖީބު

ޝީލާ ބުރުގާ އަޅައިފި، ދާއިރާ ދޫކޮށްލަނީތަ؟

ފިލްމީ ތަރި ޝީލާ ނަޖީބް: މިއީ ބުރުގާ އެޅިފަހުން ޝީލާ ނެގި ފުރަތަމަ ފޮޓޯ -- އަހުމަދު ހަމީދު އާދަމް | އަވަސް
0%
0%
0%

ކާމިޔާބު އަދި ކުޅަދާނަ ފިލްމީ ތަރި ޝީލާ ނަޖީބު، ބުރުގާ އަޅައިފި އެވެ.

ޝީލާ ބުރުގާ އަޅާފައިވަނީ މި މަހުގެ ތެރޭގަ އެވެ. ޝީލާ ވަނީ މިމަހުގެ ކުރީކޮޅު އުމުރާ އަކަށް ގޮސްފަ އެވެ. އަދި އެ އުމުރާ ދަތުރުގެ ތެރޭގައި ޝީލާ ވަނީ ބުރުގާ އަޅަން ނިންމާފަ އެވެ. އުމުރާގެ އަޅުކަމަށްފަހު ޝީލާ ރާއްޖެ އައީ ބުރުގާ އަޅައިގެންނެވެ.

އަވަސްއިން ސުވާލު ކުރުމުން ޝީލާ ބުނީ ބުރުގާ އެޅުމަކީ އޭނާ އަމިއްލައަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއީ މިހާތަނަށް ހަޔާތުގައި ނިންމުނު އެންމެ ހިތްހަމަޖެހުން ބޮޑު ނިންމުން ކަމަށްވެސް ޝީލާ ބުންޏެވެ.

"ބުރުގާ އެޅުން އެއީ އުމުރާގައި ހުރެ އަމިއްލައަށް ނިންމި ނިންމުމެއް، އެދެން ވަރަށް ޕާސަނަލް ކަމެއްނު. އެހެންވީމަ އެކަމާ ގުޅޭގޮތުން ދެން އިތުރު ކޮމެންޓެއް ނެތް!" ޝީލާ ބުންޏެވެ.

ޝީލާ ބުރުގާ އެޅުމާއިއެކު ފިލްމީ ދާއިރާއިން ކުރިއަށް އޮތްތާ ފެންނާނެތޯ މިއީ ގިނަ ބެލުންތެރިންގެ ހިތުގައި އުފެދޭނެ އެންމެ ބޮޑު ސުވާލެވެ. އެ ސުވާލަށް ވެސް މިވަގުތު ސީދާ ޖަވާބެއްދޭން ޝީލާ ބޭނުމެއް ނުވެއެވެ.

ކުރިއަށް އޮތްތާ ފިލްމު ކުޅޭނެ ކަމެއްވެސް އަދި ނުކުޅޭނެ ކަމެއްވެސް ޔަގީން ކަމާއެކު ޝީލާ ނުބުނެއެވެ.

"ހަޔާތަށް މި އައީ ބަދަލެއް. އުފާވެެރި ބަދަލެއް، ހިތްހަމަޖެހުން އަބަދުވެސް ލިބޭނެ ބަދަލެއް." ޝީލާގެ ޖަވާބު ކުރުވެފައި ސާދާއެވެ.

އެހެން ވީމަ ބެލުންތެރިންގެ މެދުގައި ބޮޑު ލޯތްބެއް އޮތް ޝީލާ ދެން ސްކްރީނުން ފެނިދާނެތޯ ކުރެވޭ ސުވާލު ޖެހެނީ ފަހަށް ބާވާށެވެ. ޝީލާ މިވަގުތު ވެސް ގެންދަނީ ނަހުލާގެ ވެބްސީރީޒް "ހުވާ" ގައި މަސައްކަތް ކުރަމުންނެވެ. އެހެންވެ ދެން ޝީލާ ފެންނާނެ ގޮތަކާމެދު އޮތީ ކުޑަކުޑަ އިންތިޒާމެއް ކޮށްލުމެވެ.

ކުޅަދާނަ ފިލްމީ ތަރި ޝީލާ ނަޖީބް: މިއީ ބުރުގާ އެޅިފަހުން ޝީލާ ނެގި ފުރަތަމަ ފޮޓޯ -- އަހުމަދު ހަމީދު އާދަމް | އަވަސް

"ނުދާށޭ މަގެ ލޯބިވާ" މި ލަވައިން ފިލްމީ ދާއިރާއަށް ނިކުތް ޝީލާ އެންމެ ފުރަތަމަ ކުޅެފައިވަނީ "ހިތް ހަލާކު" އެވެ. މިހާތަނަށް 28 ފިލްމު ކުޅެފައިވާ ޝީލާ ވަނީ 100 އަށްވުރެ ގިނަ ލަވަ ވެސް ކުޅެފަ އެވެ.

15 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910