ގްރީން ޓެކްސް

ގްރީން ޓެކްހު ގޮތު ނޮވެމްބަރު މަހު 73 މިލިއަން

Dec 30, 2019
2

ގްރީން ޓެކްހުގެ ގޮތު މިދިޔަ ނޮވެމްބަރު މަހު 73 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބުނު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ގްރީން ފަންޑުގެ ހިސާބުތައް ބުނާ ގޮތުން އެ ފަންޑަށް މިދިޔަ ނޮވެމްބަރު މަހު 73,151,612.16 ރުފިޔާ ލިބުނެވެ. އެއީ ރިސޯޓް / ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތަކުން ލިބުނު ފައިސާ އެވެ.

ގްރީން ޓެކްހަށް އެންމެ ގިނައިން ފައިސާ ލިބިފައި ވަނީ މާލެ އަތޮޅުގެ ރިސޯޓްތަކުންނެވެ. މާލެ އަތޮޅުގައި ހިންގާ ރިސޯޓުތަކުން 24,365,515.20 ރުފިޔާ ލިބުނެވެ. މާލެ އަތޮޅުގެ ގެސްޓްހައުސްތަކުން 1،614،105.11 ރުފިޔާ އަދި ހޮޓާތަކުން 579،156.42 ރުފިޔާ ލިބުނެވެ.