އެކްސިޑެންޓް

ފުވައްްމުލަކުގައި އެކްސިޑެންޓެއްވެ ދެ މީހަކަށް އަނިޔާ

ފުވައްްމުލަކުގައި އެކްސިޑެންޓެއް ހިންގާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ އިރާކޮޅު ފުވައްމުލަކު ދަޑިމަގު މިސްކިތް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއްގެ ކޮންޓްރޯލް ގެއްލިގެން ހިނގި އެކްސިޑެންޓެއްގައި ދެ މީހަަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަނިޔާވެފައިވަނީ 37 އަަހުރުގެ ފިރިހެނަކާއި، 19 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. މި އެކްސިޑެންޓާއި ގުޅިގެން ސައިކަލް ދުއްވަން އިން މީހާގެ މޫނުގެ ކަނާތް ފަޅިން ވަރަށް ބޮޑަށް މަށައިގެން ގޮސް އަނިޔާވެފައިވާ ކަމަށާ އަންހެން މީހާއަށްވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެ ދެ މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.