ދުނިޔެ

ހިޒުބުﷲ އަށް ދިން ހަމަލާގެ ސަބަބުން އެމެރިކާއަށް ނުރައްކާވެދާނެ

Dec 31, 2019

އިރާގާއި ސީރިއާގައި އޮންނަ ހިޒުބުﷲ ޖަމާއަތަށް އަމާޒުކޮށް އެމެރިކާއިން ދިން ވައިގެ ހަމަލާގެ ސަބަބުން އެމެރިކާ ނުރައްކަލަށް ވެއްޓިދާނެ ކަމުގެ އިންޒާރު ގައުމުތަކުން ދީފި އެވެ. އެމެރިކާއިން ދިން ވައިގެ ހަމަލާގެ ސަބަބުން ހިޒުބުﷲ ޖަމާއަތުގެ 25 މީހަކު ވަނީ މަރުވެފަ އެވެ.

ހަމަލާއާ ގުޅިގެން އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ ވިދާޅުވީ، ހަމަލާގައި އިރާގުގެ ސިފައިން ވެސް މަރުވެފައިވާ ކަމަށެވެ. އަދި އިރާގާއި ހިޒުބުﷲ ޖަމާއަތުން އެމެރިކާއާ ރަސްމީކޮށް ހަނގުރާމަ އިއުލާންކޮށްފިނަމަ މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން ވެސް މަރުވާނެ ކަމަށް އާދިލް އަބްދުލް މަހްދީ ވިދާޅުވި އެވެ.

އަދި އިރާގުގެ ޖާސޫސުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި މިހާރު ހިޒުބުﷲ އިން ޖަމާއަތުންނ ދަނީ އެމެރިކާގެ ވޮޝިންޓަންއަށް ހަމަލާއެއް ތައްޔާރުވަމުންނެވެ. އަދި މިއީ އެމެރިކާގެ އަމަލުތަކުގެ ސަބަބުން އަންނަ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާގެ ހަމަލާ ރަޝިއާއިން ވެސް ވަނީ ކުށްވެރިކޮށްފަ އެެވެ. ރަޝިއާއިން ބުނީ ހިޒުބުﷲ ޖަމާއަތަކީ އެމީހުންގެ އަމިއްލަ ބާރުގައި އެމެރިކާ ފަދަ ގައުމަކަށް ހަމަލާ ދިނުމުގެ ގާބިލްކަން ނެތް ބަޔަކަށް ވާއިރު އެ ޖަމާއަތުގެ މަރުކަޒުތަކަށް ހަމަލާދީގެން ނުވާނެ ކަމަށެވެ.

ޕަލަސްތީނަށް އެމެރިކާގެ އެހީގައި ވެރިވެގަނެގެން އުޅޭ އިޒްރޭލުން ވެސް ވަނީ އެމެރިކާ ހަމަލާ ކުށްވެރިކޮށްފަ އެވެ. ހަމަލާ ކުށްވެރިކޮށް އިޒްރޭލުން ބުނީ އެމެރިކާގެ ސަބަބުން އިޒްރޭކުގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. އެމެރިކާގެ ހަމަލާގެ ބަދަލު ހިފަން އިރާން ނުވަތަ ހިޒުބުﷲ ޖަމާއަތުން އިޒްރޭލަށް ހަމަލާ ދިނުން ގާތް ކަމަށެވެ. އެހެން ވެއްޖެނަމަ ޓެރަރިސްޓު ޖަމާއަތްތަކުންނާއި ގައުމުތަކުން އެމެރިކާގެ ދިފާއީ ބާރުތަކަށް ހަމަލާދޭން ފަސް ނުޖެހޭނެ ކަމަށެވެ.

އިރާނުން ވެސް ބުނެފައިވަނީ އެމީހުންގެ އެހީގައި އުޅެމުންދާ ހިޒުބުﷲ ޖަމާއަތަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށެވެ.