ދުނިޔެ

ސޫދާނުގެ 29 ޖާސޫސަކަށް މަރުގެ ހުކުމް އިއްވައިފި

ސޫދާނުގެ ސިޔާސީ ލީޑަރަކާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ބައިވެރިވި ޓީޗަރަކު މަރާލި ސޫދާނުގެ 29 ޖާސޫސަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.

މި 29 މީހުނަށް މަރުގެ ހުކުމް އިއްވާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މީހުން ޓީޗަރު މަރާލާފައި ވަނީ ޑިޓެންޝަން ސެންޓަރުގައި ބަންދުގެ ހުރި ދުވަސްވަރު ތަޅައި އަނިޔާ ކޮށްގެންނެވެ. އެ ގައުމުގެ 29 ޖާސޫސަކަށް މަރުގެ ހުކުމް އިއްވުމުގެ އިތުރުން ހަތަރު ޖަސޫސަކަށް ވަނީ ބައިވެރިވި ކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފަ އެވެ.

ޓިޗަރުގެ މަރުގެ މައްސަލަ ފެންމަތިވުމާއެކު ޖާސޫސުން ބުނެފައި ވަނީ އޭނާ މަރުވެފައިވަނީ ވިހަ ވެގެން ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގުގެ ތެރެއިން ޓިޗަރަށް އަނިޔާ ކުރިކަން ވަނީ ފަޅާ އަރައިފަ އެވެ. އެއާއެކު ޓީޗަރަށް އިންސާފު ހޯދުމަށް ގޮވާލާއި ސޫދާނުގެ އެކި ހިސާބުތަކުގައި މުޒާހަރާތައް ކުރިއަށް ގެންދިޔަ އެވެ. ހުކުމް އިއްވުމަށް 29 މީހުން ކޯޓަށް ގެންދިޔައިއިރު ވެސް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ އެންމެނަށް މަރުގެ ހުކުމް އިއްވުމަށެވެ. ކޯޓުން ވަނީ 29 މީހުން ދަން ޖައްސައިގެން މަރަން ހުކުމް ކޮށްފަ އެވެ.

ސިޔާސީ ލީޑަރާ ދެކޮޅަށް ކުރި މުޒާހަރާގައި އިތުރު 177 މީހަކު ވަނީ މަރުވެފަ އެވެ. އެއީ މުޒާހަރާ ތެރެއިންނާއި ހައްޔަރުގައި ހުއްޓަ އެވެ. އިރާނުގެ ރައީސް އުފެއްދި ހާއްސަ ތަހުގީގީ ޓީމަކުން ދަނީ މި ހުރިހާ މަރުގެ މައްސަލައެއް މިހާރު ބަލަމުންނެވެ.