ހަބަރު

ޕާޓީ ޑްރަގާއެކު ނައިފަރުން މީހަކު ހައްޔަރުކޮށްފި

Jan 1, 2020
1

ޅ. ނައިފަރުގައި ޕާޓީ ޑްރަގްސް ގެންގުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ހެނދުނު 6:00 ހާއިރު ފުލުހުން ނައިފަރުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 31 ޕާޓީ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަމަށާއި އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ އިރު އާ އަހަރަށް ފުލުހުން ވަނީ އޮޕަރޭޝަންތައް ވަރުގަދަކޮށް ބަލާ ފާސް ކުރުން މުޅި ރާއްޖޭގައި ކުރިޔަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާފުޅިތައް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.