ނައިފަރު

މަސްތުވާތަކެއްޗާއެކު ނައިފަރުން ދެ މީހަކު ހައްޔަރުކޮށްފި

Jan 11, 2021
4

މަސްތުވާތަކެއްޗާއެކު ނައިފަރުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނައިފަރަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި މާލެއިން ނައިފަރަށް ދިޔަ ދޯންޏަކުން ބޭލި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވާ ބަލާ ފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށައް ވަނީ ގެނެސްފައެވެ. އަދި ސައިކަލްގައި ދެން އިން މީހާ ކުށުގެ ވެށިން ފިލަައިގެން ދިއުމުން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.