ހަބަރު

ޑުރަގާއެކު ދެ މީހުން ހައްޔަރު ކޮށްފި

Oct 12, 2020

މަސްތުވާތަކެއްޗާއެކު ދެ ރަށަކުން ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި، ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންނަކީ ވެސް ދިވެހިންނެވެ.

އެ ދެ މީހުންގެ ތެރެއިން 24 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 11 ވަނަ ދުވަހު އެވެ.

އަނެއް މިހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ހިފައިގެން މަހިބަދޫން ފުރަން އުޅެނިކޮށް ހަމަ އެ ދުވަހު އެވެ.