އެމްއޭސީއެލް

ސީ ޕްލޭން ޓާމިނަލުން ޖާގަ ދޫކުރުން މަޑުޖައްސާލައިފި

ސީ ޕްލޭން ޓާމިނަލުން ޖާގަ ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓުން ބުނެފި އެވެ.

އެމްއޭސީއެލް އިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އައު ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ އިން ކަމަށެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ މިޓާމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއްްްްްް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އައު ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ. އަދި މިވަގުތު މަޝްވަރާތައް މަޑުޖައްސާލާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހެދިފައިވާ އައު ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއާޕޯޓުގެ އޮޕަރޭޝަނަށް މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށާ ނަމަވެސް އައު ރަންވޭ އޮޕަރޭޓް ކުރެވެން އަންނަނީ މިވަގުތު އެންމެބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ ފެސިލިޓީސްއާއި އެ ސަރަހައްދުގައިވާ އެހެނިހެން އިމާރާތްތައް ހުސްކުރެވިގެން ކަމަށެވެ. އަދި ޓީއެމްއޭގެ އިމާރާތްތައް ފިޔަވައި ދެ މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ނަމަވެސް، ޓީއެމްއޭގެ އިމާރާތްތައް ހުސްކުރެވެން އަންނަނީ އެހެނިހެން އިމާރާތްތައް ކުރިއަށް އޮތް އަންނަނީ މިވަގުތު މިވަގުތު މަޑުޖައްސާލެވިފައިިިިިިިވާ މަޝްވަރާތަކަށް ހައްލެއް ލިބި ޓީއެމްއޭގެ ފެސިލިޓީސްތައް ރިލޮކޭޓް ކުރެވިގެން." އެމްއޭސީއެލްގެ ބަޔާނުގައިވެއެވެ.

އާ ޓާމިނަލް ހަދަމުން ދަނީ އެއް ފަހަރާ 55 ސީޕްލޭން އަށް ހިދުމަތް ދެވޭ ގޮތަށެވެ. އަދި މިތަން ހަދާފައިވަނީ މި އަދަދު 100 އަށް އިތުރު ކުރެވޭނެ ގޮތް ބަލައިގެންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29، ޖެނުއަރީ 2018 ގަ އެވެ. މިތަން ހަދާފައިވަނީ ހުޅުލެ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މިއީ ޖުމްލަ 40 މިލިއަން ޑޮލަރު (ގާތްގަނޑަަކަށް 616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.