ހަބަރު

ހައިވޭގައި އެކްސިޑެންޓެއް ހިނގައި އަންހެނެއްގެ އަތް ބިނދިއްޖެ

Jan 3, 2020

މާލެ-ހުޅުމާލެ ހައިވޭ މަތީ އެކްސިޑެންޓެއް ހިނގައި އަންހެނެއްގެ އަތް ބިނދިއްޖެ އެވެ.

ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ދާން ދިޔަ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ހައިވޭގެ އެއްފަރާތެއްގައި ސައިކަލު މަޑުކޮށްލި ވަގުތު ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށާއި އެކްސިޑެންޓުގައި ފަހަތުން އައި ސައިކަލު ދުއްވަން އިން 34 އަންހެން މީހާގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެން އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 29 އަހަރުގެ ފިރިހެން މީހާއަށް އަނިޔާއެއް ނުވާ ކަމަށާއި ނަމަވެސް ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ސައިކަލު ދުއްވި ދެ މީހުންގެ އަތުގައި ލައިސެންސް އޮންނަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.