ބޮލީވުޑް

ދަބަންގް 3: ސަލްމާންގެ އެންމެ ނާކާމިޔާބު އެއް ފިލްމު

Jan 4, 2020
100%
0%
0%

ސަލްމާން ހާންގެ "ދަބަންގް 3" ރިލިޒްކުރިތާ 14 ދުވަސް ވެފައިވާއިރު ފިލްމުގެ ބޮކްސް އޮފީސް ނަތީޖާ ފެންނަނީ ވަރަށް ދަށްކޮށެވެ. ސޮނާކްޝީ ސިންހާ އާއި ކިއްޗާ ސުދީޕް ވެސް މުހިއްމު ބައިތަކެއް ކުޅުނު މި ފިލްމު ވެފައިވަނީ ފާއިތުވީ 10 ވަރަކަށް އަހަރު ތެރޭގައި ރިލީޒްކުރި ސަލްމާންގެ އެންމެ ނާކާމިޔާބު ދެ ފިލްމުގެ ތެރެއިން ފިލްމަކަށެވެ.

މީގެ ކުރިން ރިލީޒްކުރި ދަބަންގްގެ ފިލްމުތަކަށް ބެލުންތެރިން ވަރަށް ބޮޑު ތަރުހީބެއް ދީފައި ވީނަމަވެސް މިފަހަރުގެ ފިލްމު ބަލާކަހަލަ މޫޑެއް ސަލްމާންގެ ފޭނުންގެ ވެސް ނެތެވެ. ފާއިތުވީ ހަފުތާއަކީ އިންޑީއާގައި ގިނަ އަދަދެއްގެ ބަންދު ދުވަސްތަކެއް ހިމެނުނު ހަފުތާއަކަށް ވާތީ ފިލްމު ބަލަން ކޮންމެވެސް ވަރަކަށް މީހުން ވަދެފައި ވެއެވެ.

ދަބަންގް 3 އަށް 14 ދުވަހުގެ ތެރޭގައި ލިބިފައިވަނީ 133.75 ކްރޯޑެވެ. މިއީ 2010ގައި ނުކުތް "ވީރް" އަށް ފަހު ސަލްމާންގެ ފިލްމަކަށް އެންމެ ބޮޑު ނާކާމިޔާބެއް ކުރިމަތިވީ ފަހަރެވެ.

ފިލްމަށް ކްރިޓިކްސް އާއި ފިލްމު ބެލި މީހުން ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ. މިއީ ވެސް ފިލްމު ބަލާ މީހުން މި ފިލްމު ބެލުމަށް ޝައުގުވެރި ނުވާން ދިމާވި ކަމެކެވެ.

ދަބަންގް އަށް ވުރެ ހަފުތާއެއް ފަހުން ރިލީޒްކުރި އަކްޝޭ ކުމާރު، ކަރީނާ ކަޕޫރު އަދި ދިލްޖީތު ދޮސާންޖް އާއި ކިއާރާ އަދުވާނީގެ "ގުޑް ނިއުޒް" އަށް މާ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ފިލްމު ރިލީޒްކުރިތާ ހަފުތާއެއް ނުވަނީސް މި ފިލްމަށް ވަނީ 100 ކްރޯޑަށް ވުރެ މަތިން ލިބިފަ އެވެ. އަދިވެސް ފިލްމުގެ ހިނގުން ރަނގަޅުކަމުން ދަބަންގް 3 އަށް ވުރެ މި ފިލްމަށް ލިބޭ ވަރު އިތުރުވާނެކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345